ދަރަނިވެރިވެ ބޮޑު ގެއްލުމެއްގައި ހިންގަމުން އަންނަ ފެނަކަ ކޯޕަރޭޝަނަށް އިތުރު ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެއް މިއަދު އައްޔަންކޮށްފި އެވެ.
ފެނަކައިން ބުނީ އެ ކުންފުނީގެ އާ ޑީއެމްޑީއަކީ, އާދަމް ތައުފީގު ކަމަށެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވައިފައެވެ.
މިދިޔަ މަޖިލިސް އިންތިހާބުގައި ކުރެންދޫ ދާއިރާއަށް ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި އާދަމް ތައުފީގު ވާދަކުރެއްވި އެވެ.
އެ ކުންފުނީގެ ޑީއެމްޑީގެ މަގާމުގައި ތައުފީގުގެ އިތުރުން ހުންނަވަނީ މުހައްމަދު އާރިފެވެ.
ފެނަކައިގެ ދަރަނި ވަނީ ހަތަރު ބިލިއަނަށްވުރެ މަތީގަ އެވެ.
ދިރާގު ފޯރި ލަކީޑްރޯގައި 65 އިންޗީގެ ސްމާޓް ޓީވީއެއް
ކޮވިޑް ވެކްސިންގެ ސިއްރު ފައިދާތަކެއް!
