ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް އެމްޓީސީސީއާ ހަވާލުކުރި ވިލުފުށީ އެއާޕޯޓްގެ މަސައްކަތް އެ ކުންފުނީގެ އަތުން އަތުލައި އެމްއޭސީއެލްއާ ހަވާލުކޮށްފި އެވެ.
ވިލުފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވިލުފުށީ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް އެމްއޭސީއެލްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ވަޒީރު މޫސާ ޒަމީރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި އެއާޕޯޓްގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރު މޫސާ ޒަމީރެވެ. އެ ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަތެވެ.
ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދެ އަހަރާއި ބައިގެ ތެރޭގައި އެއާޕޯޓްގެ މަސައްކަތް ނިންމައި ހުޅުވާނެ ކަމަށެވެ.
މިއުޒިކް ވީޑިއޯއެއްގެ ސަބަބުން މައިލީ އައިސީޔޫގައި ފަރުވާ ހޯދި!
ހުރާގައި އަލިފާނުގެ ހާދިސާއެއް ހިނގައި 15މީހަކު ހާލުގައި ޖެހިއްޖެ
ކަޕިލް އަސްލު ވާން ބޭނުންވީ "ކޮމީޑިއަން" އަކަށް ނޫން!
