އިނގިރޭސި ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒްއާއި އެނޫން ވެސް ތަރިންނާ އަޅާކިޔައި އަމާޒުވާ ފާޑުކިޔުންތަކަށް މަޝްހޫރު މޮޑެލް ހެއިލީ ބީބާ އެންމެ ފަހުން ރައްދު ދީފި އެވެ.
ވޯލް ސްޓްރީޓް ޖާނަލްއަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ހެއިލީ ވަނީ އޭނާއާއި ސެލީނާއާ އަޅާކިޔައި މީހުން ކުރާ މަލާމާތާއި ފުރައްސާރައާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
ހެއިލީ ބުނީ އެހެން ތަރިންނާ އަޅާކިޔުމަކީ ވަރަށް އުނދަގޫވާ ކަމެއް ކަމަށާއި އެއީ އޭނާ ބޭނުންވި ގޮތެއް ނޫން ކަމަށެވެ. އެއާއެކު އެހެން އެއްވެސް ތަރިއަކާ އެއްވެސް ކަމެއްގައި ވާދަ ވެސް ނުކުރާ ކަމަށް ހެއިލީ ބުންޏެވެ.
"އެ އަޅާކިޔުންތަކަކީ އެއްވެސް ބުރަދަނެއް ނެތް ބޭކާރު ވާހަކަތަކެއް. މީހުން ދެކޭ ގޮތް އަހަންނަކަށް ބަދަލެއް ނުކުރެވޭނެ" ހެއިލީ ބުނެފައިވެ އެވެ.
އެކި ފަހަރު މަތިން އެކި ކަންކަމުގައި ސެލީނާއާއި ހެއިލީ އަޅާކިޔަމުން ގެންދާއިރު މީގެ ކުރިން ވެސް ސެލީނާ ވަނީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
ސެލީނާއާއި ހެއިލީ އަޅާކިޔައި ގިނަ ބަޔަކު ވާހަކަ ދައްކާއިރު ސެލީނާއަކީ ހެއިލީގެ ފިރިމީހާ ޖަސްޓިން ބީބާގެ ކުރީގެ ލޯބިވެރިޔާކަން ފާހަގަ ކޮށްލެވެ އެވެ.