ޖަލު ބަންދުގައި ހުރި ރަޝިއާގެ އިދިކޮޅު ލީޑަރެއް ކަމަށްވާ އެލެކްސީ ނަވަލްނީގެ ސިއްހަތާ މެދު ކަންބޮޑުވާ ކަމަށް ފްރާންސްގެ ޚާރިޖީ ވަޒީރު ޖީން ވެސް ލީ ޑްރިއަން ވިދާޅުވެއްޖެ އެވެ.
ޖީން ވިދާޅުވީ ނަވަލްނީގެ ހާލަތާ މެދު ނުހަނު ކަންބޮޑުވާ ކަމަށާއި އޭނާގެ ސަލާމަތަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުންކުރާ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ހަމަ އެހެންމެ އެކަން ޔަގީންކުރުމަކީ ރައީސް ޕުޓިންގެ ބޮލުގައި އެޅިފައި އޮތް ބޮޑު ޒިންމާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަށީގެންވާ ވަރަށް ސިއްހީ އެހީ ނުލިބޭ ކަމަށް ބުނެ މީގެ ދެ ހަފްތާ ކުރިން ބަނޑުހައި ހޫނުކަމުގެ ހަޅުތާލަކަށް ދިޔައިރު، މިއަދާ ހަމައަށް ވެސް އޭނާ ހުރީ އެގޮތުގަ އެވެ. އެކަމުގެ ސަބަބުން އިތުރު ސިއްހީ މައްސަލަތައް ކުރިމަތިވެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބައިނަލްއަގްވާމީ މުޖުތަމައުން ވެސް ދަނީ ބުނަމުންނެވެ.
އޭނާ ވަނީ ޖަލު ބަންދުގައި ހުރެ ގުރުއާން ދަސްކުރުމަށް އެދުނު ފުރުސަތު ނުލިބުމާއެކު ޖަލުގެ އިދާރާ އާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.
ރަޝިއާގެ އިދިކޮޅު އެކްޓިވިސްޓެއް ކަމަށްވާ ނަވަލްނީ މިދިޔަ ޖެނުއަރީ މަހު ޖަލަށް ލީ ޕުޓިންގެ ސަރުކާރަށް ފާޑުކިޔުމުގެ ސަބަބުން ކުރިމަތިވި ސިޔާސީ ގޮންޖެހުންތަކެއްގެ ތެރޭގަ އެވެ.