ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ސަސްޕެންޑުކޮށްފި އެވެ.
އޭނާ ސަސްޕެންޑުކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ނޭނގެ އެވެ. މިކަމާ ގުޅޭގޮތުން ޖޭއެސްސީގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތު ކުރާ ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު، 41، ބަންދުން ދޫކޮށްލަން އަމުރު ކުރީ ފާއިޒް އެވެ.
އަލީ އަންވަރު މިނިވަން ވުމުން ސްރީ ލަންކާއަށް ގޮސް ފިލަން ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެ ގައުމަށް އޭނާ އެތެރެވިޔަނުދީ ޑީޕޯޓްކޮށްލުމުން ރާއްޖެ އައިތަނާ ވަނީ އާ ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ.
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި ކަމަށް ތުހުމަތު ކުރެވޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްސަލަ ވެސް ބަލަނީ ގާޒީ ފާއިޒް އެވެ.
އިޒްރޭލް މީހުން ބުނަނީ ހަނގުރާމަ ކާމިޔާބު ކުރީ އީރާނުން ކަމަށް
ފުވައްމުލަކުގައި ހުރި އެމްޕީއެލް ކޯލް ސެންޓަރު ބަންދުކޮށްފި
މެޑޯނާގެ ބައޮޕިކް ފިލްމުގެ މަސައްކަތް ހުއްޓުނީ ކީއްވެ؟
