ބޮލީވުޑްގެ ތަރި ސަލްމާން ޚާންއަކީ ޓެރަރިސްޓެއްގެ ގޮތުގައި ޕާކިސްތާނުގެ ސަރުކާރުން ނިންމާފައިވާ ކަމަށް ބުނާ ހަބަރުތަކެއް ފެންމަތިވެއްޖެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ޚަބަރުތައް ފެންމަތި ވެފައިވަނީ ދާދިފަހުން ސައޫދީ އަރަބިއާގައި އޮތް ރިޔާދު ފޯރަމްގައި ސަލްމާން ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.
ސަލްމާން ބުނެފައިވަނީ އިންޑިއާގެ ފިލްމެއް މެދު އިރުމަތީގައި ރިލީޒް ކޮށްފިނަމަ އިންޑިއާއާއި އަފްޣާނިސްތާން އަދި ބަލޮޗިސްތާން (ޕާކިސްތާނުގެ އަވަށެއް)ގެ މީހުން އެ ފިލްމް ބަލަން ދާނެ ކަމަށެވެ.
މިއާއެކު އޭނާއަކީ ޕާކިސްތާނުގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ނިންމައި ޓެރަރިޒަމް ވޮޗްލިސްޓަށް ލާފައިވާ ކަމަށް ބުނާ ސަރުކާރުގެ ލިޔުމެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށި އެވެ.
އެހެން ނަމަވެސް އެއީ ސައްހަ ލިޔުމެއް ނޫން ކަމަށާއި އެފަދަ އެއްވެސް އިއުލާނެއް ޕާކިސްތާނުގެ ސަރުކާރުން ކޮށްފައިނުވާނެ ކަމަށް އެގައުމުގެ އިދާރާތަކުން ވަނީ ބުނެފަ އެވެ.
ސަލްމާންއަކީ އިންޑިއާގެ އިތުރުން ޕާކިސްތާނަށް ނިސްބަތްވާ ގިނަ ބައެއްގެ މެދުގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ފަންނާނެކެވެ.
ބީއެމްއެލް އިން ހިންނަވަރުގައި ބްރާންޗެއްގެ ބިންގާ އަޅައިފި
އަނިޔާއާއެކު ވެސް އައްޒަ މަސައްކަތައިގެން ކުރިއަށް!