ދުނިޔޭގެ ދުވަސްތައް ކުރުވެ މޫސުމަށް އަންނަ ބަދަލުތައް އިންތިހާއަށް ބޮޑުވަމުން އަންނައިރު އޭގެ ސަބަބުން އިންސާނުންގެ ދިރިއުޅުމަށް ވެސް ގިނަގުނަ އަސަރުތައް ކުރެ އެވެ.
އެގޮތުން "ސީޒަނަލް އެފެކްޓިވް ޑިސްއޯޑާ"އަކީ ގިނަ ބަޔަކަށް ނޭނގި އޮތް އެހެން ނަމަވެސް އަހަރުމެންގެ ދިރިއުޅުމަށް އޭގެ ސަބަބުން އަސަރު ކުރުވާ ބައްޔެކެވެ.
ނަފްސާނީ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި "ސީޒަނަލް އެފެކްޓިވް ޑިސްއޯޑާ"އަކީ އަހަރުގެ ވަކި ދުވަސްވަރެއްގައި ފެތުރޭ ބައްޔެކެވެ. އާއްމުކޮށް މި ބަލި ފެންނަނީ ފިނި ނުވަތަ ވިއްސާރަ މޫސުމުގަ އެވެ.
ގިނަފަހަރަށް ކަންނެތްކަން ނުވަތަ "ވިންޓަ ބްލޫސް"ގެ ގޮތުގައި ގަބޫލު ކުރެވިފައިވާ މި ބައްޔަކީ މީހާގެ މޫޑު ގޯސްކޮށްދީ މިޒާޖު ބަދަލު ކުރުވާ ބައްޔެކެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިނގިރޭސި ވިލާތުގެ އާބާދީގެ 2.4 ޕަސެންޓް މީހުން މި ބަލި ތަހައްމަލު ކުރެ އެވެ. އެއީ ގާތްގަނޑަކަށް 1.6 މިލިއަން މީހުންނެވެ.
"ސީޒަނަލް އެފެކްޓިވް ޑިސްއޯޑާ"އަކީ ކްލިނިކަލް ގޮތުން ވަކި ކުރެވިފައިވާ ބައްޔެއް ނަމަވެސް އާއްމު ގޮތެއްގައި އެއްވެސް ފަރުވާއެއް ބޭނުންވާ ބައްޔެއް ނޫނެވެ.
ފޭރިގަތް ޑޮލަރުތައް ފެނުނުކަމާ މެދު ސުވާލު އުފެދިއްޖެ
ޓްރީޓޮޕް އިން ނަރުހުން ތަމްރީނުކުރަން 4 ސްކޮލަޝިޕް ފުރުސަތު ދީފި
ބީއެމްއެލްގެ ޑޮލަރުތައް ފޭރުނު މީހުންގެ ވަނަވަރު އާންމުކޮށްފި