ޕްރިތީ ޒިންތާއަކީ 1990ގެ އަހަރުތަކާއި ދެހާހުގެ އަހަރުތަކުގައި ބޮލީވުޑްގެ ގިނަ ފިރިހެން ތަރިންނާއެކު މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އެގޮތުން ޕްރިތީއާއެކު ސަލްމާން ނުވަތަ ޝާހްރުކް ޚާންގެ ޖޯޑަކީ އާއްމުންނަށް ވެސް ކަމުދިޔަ ޖޯޑެކެވެ.
މިފަހުން ބޭއްވި އާސްކް މީ އެނީތިންގް ސެޝަންގައި ޕްރިތީ ވަނީ ޝާހްރުކްއާއި ސަލްމާންއާ ބެހޭ ގޮތުން ކުރިން އެނގިފައިނުވާ ވާހަކަތަކެއް ދައްކާފަ އެވެ.
އެގޮތުން ސަޕޯޓަރަކު ޝާހްރުކް ޚާންއާ ބެހޭ ގޮތުން ޕްރިތީއަށް ސުވާލު ކުރުމުން އޭނާ ބުނީ ޝާހްރުކްއަކީ އެކުގައި މަސައްކަތްކުރަން ވަރަށް ފަސޭހަ ތަރިއެއް ކަމަށާއި އޭނާއަކީ ވަރަށް ވާދަވެރި މީހެއް ކަމަށެވެ.
ޝާހްރުކް ޚާންއާއެކު ދެން އެންމެ އަވަހަށް ފިލްމަކުން ފެންނާނީ އެ ދެމީހުންނަށް ކަމުދާ ސްކްރިޕްޓެއް ލިބުމުން ކަމަށް ވެސް ޕްރިތީ ބުންޏެވެ.
ސަލްމާންއާ މެދު ޚިޔާލަކީ ކޮބައިތޯ ސުވާލު ކުރެވެމުން ޕްރިތީ ބުނެފައިވަނީ ސަލްމާނަކީއަކީ ވަރަށް ވަފާތެރި ރަހުމަތްތެރިއެއް ކަމަށާއި އޭނާގެ "މިއުޒިކް ޓޭސްޓް" ވަރަށް ރަނގަޅު ކަމަށެވެ.
ޕްރިތީއާއި ޝާހްރުކް ޚާންގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ދިލްސޭ"، "ކަބީ އަލްވިދާ ނާ ކެހެނާ" އަދި "ކަލްހޯނަހޯ" ހިމެނެ އެވެ. ސަލްމާންއާއެކު އޭނާގެ ފިލްމުތަކުގެ ތެރެއިން "ޗޯރީ ޗޯރީ ޗުޕްކޭ ޗުޕްކޭ" ފާހަގަކޮށްލެވެ އެވެ.
ބަރުދަން ލުއިކުރާ ބޭސް: ބުރުސޫރަ ރީތި ކުރަން ބޭނުން ކުރެވޭ!
ކޮލެސްޓްރޯލް ދަށްކޮށްގެން ހާޓްއެޓޭކްގެ ނުރައްކާ ކުޑަ ކުރެވޭނެތަ؟
10 އަހަރު ފަހުން "ބޭބީ ޝާކް ބޯއީ"ގެ ފެނިލުމެއް!