މާލެ ސިޓީގެ އިހްތިސޯސުގެ ދަށުގައި އޮތް ހުޅުމާލޭ ވަކި ސިޓީއެއްގެ ގޮތުގައި ހެދުމަށް ތާއީދުކޮށް ގިނަ ބަޔަކު އަޑުއުފުލަން ފަށައިފި އެވެ.
ހުޅުމާލެ އަކީ ވެރިކަން ކުރާ މާލެ ފިޔަވައި މި ސަރަހައްދުގައި އޮތް އެންމެ ގިނަ މީހުން ދިރިއުޅޭ އެއްތަނެވެ. މާލެ އާއި ބުރިޖަކުން ގުޅާލެވިފައި އޮންނަ ހުޅުމާލެ އަކީ މާލެ ފަދައިން ހުރިހާ ހިދުމަތެއް ވެސް މިހާރު ލިބެން ހުންނަ ތަނެކެވެ.
އެހެން ކަމުން މިއަދު މާލެ ސިޓީގެ އިހުތިސޯސުގެ ދަށުން ވަކިވެ، ވަކި ސިޓީއެއްގެ ގޮތުގައި ހުޅުމާލެ އޮންނަން ތާއީދުކޮށް ގިނަ ބަޔަކު އަންނަނީ އަޑު އުފުލަމުންނެވެ. އެގޮތުން ހުޅުމާލޭގެ ކުރީގެ މެންބަރު އަލީ ނިޔާޒާއި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފްގެ އިތުރުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވެސް ވަނީ މިކަމަށް ތާއީދުކޮށް ވާހަކަދައްކަވާފަ އެވެ.
އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި އެ ޕާޓީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ވިދާޅުވީ ހުޅުމާލެ މާލެއާ ވަކިކޮށް ވަކި ސިޓީއެއްގެ ގޮތުގައި ހެދިގެން ނޫނީ ކުރި ނުލިބޭނޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ހުޅުމާލެ މާލެއާ ވަކިވެގެން ނޫނީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ކުރި ނާރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވީ އެމްޑީޕީގެ ކުރީ ސަރުކާރުގެ އިތުރުން، މި ސަރުކާރަށްވެސް މާލެ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ބަދަލުކުރެވިފައިނުވާ ކަމަށެވެ. އެހެން ކަމުން އެކަން ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކީ ހުޅުމާލެ ވަކި ސިޓީއެއްގެ ގޮތުގައި ހަދައި އެތަނަށް ވަކި މޭޔަރަކު އައްޔަން ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހުޅުމާލޭގައި ދިރިއުޅޭ 50،000އަށް ވުރެ ގިނަ މީހުންގެ ކަންކަން ބެލެހެއްޓުމަށް ހުންނަން ވާނީ އެންމެ ކައުންސިލަރެއްނޫން ކަމަށާއި، ވަކި ކައުންސިލެއް އުފެދިފައި އޮތުން މުހިންމުކަމަށެވެ.
މީގެ އިތުރުން، ހުޅުމާލެ ވަކި ސިޓީއެއްގެ ގޮތުގައި އޮންނަން ތާއީދުކުރައްވާކަން ހާމަކުރައްވައި މެމްބަރު ހުސައިން ވިދާޅުވީ، ހުޅުމާލެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ސަރުކާރުން ދޭން ޖެހޭ ޚިދުމަތްތައް ހުޅުމާލޭން ފަސޭހައިން ލިބުމަށް ތާއީދުކުރައްވާ ކަމަށެވެ.
ހުސައިން ވިދާޅުވިގޮތުގައި ސިޓީ ކައުންސިލާއި ހުޅުމާލޭގެ ބެލެނިވެރި ކުންފުނި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ޚިދުމަތްތައް ފޯރުކޮށްދޭއިރު ފެންނަނީ ދެކޮޅުން ކުރެ ކޮޅަކު ލައްވާނުލައި މެދުވެސް ނުޖެހޭ ހިސާބެއްގައި ކަންކަން އޮންނަ މަންޒަރެވެ.
ދެ ބޭފުޅުންވެސް މިފަދައިން ވިދާޅުވެފައިވަނީ ހުޅުމާލެ އޮންނަން ޖެހޭނީ މާލެއާ ވަކިން, ވަކި ސިޓީއެއްގެ ގޮތުގައި ކަމަށް، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ.
ޝަމްހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެއާ އަޅާ ބަލާއިރު ހުޅުމާލެއަކީ ހާއްސަ ސިފަތަކެއް ލިބިގެންވާ، ތަފާތު ތަނެކެވެ.
އޭނާ ވިދާޅުވީ ހުޅުމާލެއަށް ހައްގީ މާލެއާ ވަކިން، މިނިވަން ސިޓީ ކައުންސިލެއް އޮތުން ކަމަށާއި މާލެ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ހުޅުމާލެއަށް ދޭންޖެހޭ ވަރަށް އިސްކަން ނުދީފާނެ ކަމަށެވެ. އަދި އެހެން ސިޓީއެއްގެ ކައުންސިލަރުން ހުޅުމާލޭގެ ކަންކަމަށް ބަސް ކިޔުމަކީ އެންމެ ރަނގަޅު އުސޫލެއްނޫން ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ.
އިސްތަށިގަނޑު މާ ބޮޑަށް ހިރުވަނީ މިހެންވެ ކަމަށް ވެދާނެ!
ދަރްމެންދްރާ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފި
ބަޑި ބުރާސްފަތި: ބޭރުގެ ހަބަރުތަކުގެ ފަލަ ސުރުހީތަކުން!