ހުޅުމާލެ، މާލެ ސިޓީ ކައުންސިލުން ވަކިކުރުމަށް އެދި މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާނެ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝަމްހީދު މިހެން ވިދާޅުވީ އިއްޔެ އޭނާ އެކްސްގައި ކުރެއްވި ޓްވީޓަކާ ގުޅުވާފަ އެވެ. އެހެން ނަމަވެސް މި ގަރާރާ ބެހޭ އިތުރު މައުލޫމާތެއް ޝަމްހީދު ހިއްސާކުރައްވާފައެއް ނުވެ އެވެ.
އެކްސްގައި ޝަމްހީދު އިއްޔެ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މާލެއާ އަޅައިބަލާއިރު ހުޅުމާލެއަކީ ހާއްސަ ސިފަތަކެއް ލިބިގެންވާ، ތަފާތު ތަނެކެވެ.
"ހުޅުމާލެއަށް ހައްގީ މާލެއާ ވަކިން، މިނިވަން ސިޓީ ކައުންސިލެއް، މާލެ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ހުޅުމާލެއަށް ދޭންޖެހޭ ވަރަށް އިސްކަން ނުދީފާނެ، އަދި އެހެން ސިޓީއެއްގެ ކައުންސިލަރުން ހުޅުމާލޭގެ ކަންކަމަށް ބަސް ކިއުމަކީ އެންމެ ރަނގަޅު އުސޫލެއް ނޫން،" ޝަމްހީދު ވިދާޅުވެފައިވެ އެވެ.
ޝަމްހީދުއެކޭ އެއްގޮތަށް ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފް ވެސް ވަނީ މި ހިޔާލަށް ތާއީދުކުރައްވާކަން ހާމަކުރައްވާފަ އެވެ. މާލެ ސިޓީގެ އިހްތިސާސުން ވަކިވެ، ވަކި ސިޓީއެއްގެ ގޮތުގައި ހުޅުމާލެ އޮންނަން ތާއީދުކުރައްވާ ކަމަށް އިއްޔެ އޭނާ ވަނީ ވިދާޅުވެފަ އެވެ.
މާލޭ ސިޓީ ކައުންސިލްގެ ދަށުގައި ހުޅުމާލެ އޮތް ނަމަވެސް، ސިޓީ ކައުންސިލަކަށް އެއްވެސް ބާރެއް ނޯވެ އެވެ. ހުޅުމާލޭ ސަހަރާ ފިޔަވައި، ހުޅުމާލޭގެ ހުރިހާ ކަމެއް ބަލަހައްޓަނީ ހައުސިން ޑިވެލްޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ. އަދި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ވެސް ބަލަހައްޓަނީ އެޗްޑީސީއިންނެވެ.
			ބޮލީވުޑް ތަރިންގެ މާޒީއަށް ނަޒަރެއް!
		
			ހުޅުދޫ އާއި މީދޫގައި ވަކި ދެ ކައުންސިލެއް އުފައްދައިފި
		
			ކޮޅުވެއްޓި ހާދިސާ: އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި
		
								
								
					
					
					
					
					
					
					
					
					
					
					
ހުޅުމާލެ އަށް ވެސް ވަކި ކައުންސިލެއް އުފައްދަން ޝަމްހީދު ގޮވާލައްވައިފި ނަމަ މަމެން އުފާ ކުރަމޭ އޯއް ޑޯޗާ އައި ލައިކް އިޓް މައި ލައިފް ނެވަރ ބީ ދި ސޭމް މޭން ޔޫ ކޭމް އެން ޗޭންޖްޑް ދިވޭ އައި ވޯންޓް ދިވޭ އައި ވޯންޓް އައި ކެނޮޓް އެކްސްޕްލެއިން....
ރިޕްލައި