ދިރިއުޅުމަށް އައި ބަދަލުތަކާއެކު ހަރަކާތްތެރިވެ އުޅުން މަދުވެ، އިށީނދެ އިންނަ ވަގުތު ގިނަ މީހުންގެ އާއްމު ދިރިއުޅުމުގައި ވަރަށް ވެސް ގިނަ އެވެ.
ހާއްސަ ގޮތެއްގައި 9 ން 5 އަށް މަސައްކަތްކުރާ މޭޒުދޮށު ވަޒީފާތަކުގައި އުޅޭ މީހުން ދުވާލުގެ ގިނަ ވަގުތު އިށީނދެ އިންނަން ޖެހޭއިރު އެކަމުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް އިންތިހާ އެވެް
ހެލިފެލި ނުވެ، އެއްތަނެއްގައި މާގިނަ އިރު ވަންދެން އިށީނދެގެން އިނުމަކީ ސިއްހީގޮތުން އެހާ ރަނގަޅު ކަމެއް ނޫނެވެ. އެހެނީ އެއީ ނުހަނު ގެއްލުންބޮޑު ސިއްހަތަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމަކަށްވީމަ އެވެ.
ގިނައިރު ވަންދެން އިށީނދެ އިންނަން ޖެހޭ ވަޒީފާތަކުގައި އުޅޭ މީހުންނާއި އަމަލީ ވަޒީފާތަކުގައި އުޅޭ މީހުން ބައިވެރިކޮށްގެން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި އެ މީހުންގެ ކެއިންބުއިމާއި ދިރިއުޅުމުގެ އާދަތައް އެއްގޮތް ނަމަވެސް ގިނައިރު އިށީނދެ ތިބެން ޖެހޭ މީހުންނަށް ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.
ކަސްރަތުކުރުމަކީ ތިބާގެ އާދައެއް ނަމަވެސް ކަސްރަތަށް ފަހު ގިނަ ވަގުތު އިށީންދެ އިނުމަކީ ކަސްރަތުން ލިބުނު ފައިދާ ހަށިގަނޑަށް އެންމެ އެދެވޭ ގޮތުގައި ކުރުމަށް ހުރަސް އަޅާނެ ކަމެކެވެ. ދުވާލަކު ކިތަންމެ އިރަކު ކަސްރަތުކުރި ކަމުގައި ވިޔަސް އިށީނދެގެން ގިނަ ވަގުތު އިނުމުން އެ ހުރިހާ މަސައްކަތެއް ބޭކާރުވެ އެވެ.
ހަކުރު ބައްޔަކީ މުޖުތަމައުގައި އާއްމު ބައްޔަކަށް ވާއިރު، އިށީންދެ އިނުމަކީ ތިބާއަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު އިތުރަށް ފަހި ކޮށްދޭ ކަމެކެވެ. މާ ގިނައިރު އިށީނދެ އިނުމަކީ ހަކުރު ކޮންޓްރޯލްކުރާ ހޯމޯންސް ކަމަށްވާ އިންސިއުލިންގެ ބާރު ދަށްކޮށްދޭ ކަމެއް ކަމަށް ޑޮކްޓަރުންނާއި ސައިންސްވެރިން ބުނެ އެވެ.
މި ސަބަބުތަކަށްޓަކައި އާއްމު ދިރިއުޅުމުގައި މާގިނަ އިރު ވަންދެން އިށީންދެ އިނުމުން އަހަރުމެން ދުރުވާން ޖެހެ އެވެ. މޭޒުދޮށު ވަޒީފާގައި އުޅެމުން ވެސް ހެލިފެލިވެ، ހަރަކާތްތެރިކޮށް އުޅެވޭނެ ފަދަ ކަމެއް ކުރަން ސަމާލުވާން ޖެހޭނެ އެވެ.
			ކޮޅުވެއްޓި ހާދިސާގައި ސީރިއަސްވި ދިވެހި ޒުވާނާ ވެސް މަރުވެއްޖެ
		
			އެއްވެ އުޅުމާ ބެހޭ ގާނޫނު އުވާލަން އެމްޑީޕީން ހުށަހަޅައިފި