ސިންގަޕޫރުން މިދިޔަ 25 އަހަރުގެ ތެރޭގައި އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި މި ހަފުތާގައި އަތުލައިގެންފި އެވެ.
ދުނިޔޭގައި ވެސް މަސްތުވާތަކެއްޗާ ދެކޮޅަށް އެންމެ ހަރުކަށި އަދަބުދޭ ގައުމުން އަތުލައިގަތް ތަކެތީގެ ތެރޭގައި 23.7 ކިލޯގެ ކެނަބިސް އާއި 16.5 ކިލޯގެ ހެރޮއިން ހިމެނެ އެވެ.
އެ ގައުމުގެ އެންޓި ނާކޮޓިކްސް ބިއުރޯއިން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް އެ ސްތުވާތަކެތީގެ އަގު 2.3 އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ސިންގަޕޫރުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯ (ސީއެންބީ)ން ބުނެ އެވެ. މިއީ 1995 ވަނަ އަހަރުގެ ފަހުން އެ ގައުމުގައި ހިންގުނު އެންމެ ބޮޑު އޮޕަރޭޝަން ކަމަށް ސީއެންބީ އިން ބުނެފައިވެ އެވެ.
މި މަސްތުވާ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ތަހުގީގްގެ މަރުހަލާ ވަނީ ފަށާފަ އެވެ.
ސިންގަޕޫރުގައި މަސްތުވާ ތަކެތި ގެންގުޅުމަކީ ހަރުކަށި އަދަބު ތަކެއް ކަނޑައަޅާފައިވާ ކުށެކެވެ. އެގޮތުން 500 ގްރާމަށްވުރެ ގިނަ ކެނެބިސް ޓްރެފިކް ކޮށްފައިވާނަމަ އެކަމުގެ އަދަބަކީ މަރެވެ.
އެ ގައުމުގައި މިހާތަނަށް މަރު އަދަބުދިން މީހުންގެ ތެރޭގައި ބިދޭސީން ވެސް ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ މިކުށުގައި ދަން ޖައްސާފަ އެވެ. -- ރޮއިޓާސް