މާކެޓް އަގަށްވުރެ 3.4 މިލިއަން ރުފިޔާ ބޮޑުކޮށް ޖުމްލަ 58.4 މިލއަން ރުފިޔާއަށް ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރަން އެސްޓާސްއާ ހަވާލުކޮށްފި އެވެ.
އިއްޔެ ބޭއްވި ރެކޯޑް ހެދުމުގެ ރަސްމިއްޔާތުގައި 58.4 މިލިއަން ރުފިޔާއަށް އެސްޓާސްއާ ސްކޫލްތައް އޭސީކުރަން ހަވާލުކުރީ 55 މިލިއަން ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ އެ މަސައްކަތް ހަވާލުކޮށްފައި ވަނިކޮށެވެ.
އެކަމާ ގުޅޭގޮތުން އިއްޔެ ސޮއިކުރި އެއްބަސްވުމުގައިވާގޮތުން އެ މަޝްރޫއުގެ ދަށުން ކްލާސްރޫމްތަކުގައި ހަރުކުރާނީ 24،000 ބީޓީޔޫގެ 1500 އޭސީ އާއި 18،000 ބީޓީޔޫގެ 6500 އޭސީ އެވެ.
އެ މަސައްކަތް ހަވާލުކުރީ ކޮންޓެކްޓާ ފައިނޭންސްގެ އުސޫލުންނެވެ. މާނައަކީ މަސައްކަތް ނިންމުމުން ސަރުކާރުން އެސްޓާސްއަށް ފައިސާ ދިނުމެވެ. އެ އޭސީތައް ގަތުމަށް ސަރުކާރުން ގެރެންޓީ ދީގެން ބީއެމްއެލް އިން އެސްޓާސްއަށް ލޯނެއް ހަމަޖެއްސުމަށް ވެސް ވަނީ ނިންމާފަ އެވެ.
ބިޑުކުރުމެއް ނެތި ސަރުކާރާ ގުޅުން އޮންނަ ކުންފުނިތަކަށް އިއްޔެ ވަނީ މަޝްރޫއުތައް ބަހާލާފަ އެވެ.
މިކަމާ ގުޅޭގޮތުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި އެއިން ކޮންމެ ޕްރޮޖެކްޓެއްގެ މައްސަލަ ވަކިން ބަލާނެ ކަމަށެވެ.
"ޓްރަމްޕްގެ ސުލްހައިގެ ޕްލޭނަށް ރައްދު ދޭނީ މިސައިލް ހަމަލާއިން"
އެނާޖީ ބުއިންތަކުން ދަރިމައިވުމުގެ ސިއްހަތަށް ގެއްލުންތަކެއް!
"އިންތިހާބުތައް އެއްކޮށްލައިފި ނަމަ 'ރީތި ބޮނޑިއެއް' ލިބިދާނެ"
