ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީކޮށްފައިވާ ސިނަމާލެ ބުރިޖާއި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ފޭސް ދޭއްއަކީ ތަރައްގީތޯ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ސުވާލު އުފައްދަވައިފި އެވެ.
ފިނޭން މިނިސްޓްރީން ފައިސާ އޯވްޑްރޯ ނުވަތަ އިތުރަށް ފައިސާ ޗާޕު ކުރެވޭ ގޮތަށް އެ މިނިސްޓްރީއަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ މައްސަލާގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން އިކްރާމް ވިދާޅުވީ ތަރައްގީގެ ވާހަކަ އިދިކޮޅު މެންބަރުން ދައްކަވާތީ، 25 ބުރީގެ ޓަވަރާއި، ބުރިޖާއި، ހުޅުމާލޭގައި އަޅާފައިވާ 25 ބުރީގެ ހައުސިން ޓަވަރުތަކަކީ ތަރައްގީތޯ ސުވާލު ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.
ތަރައްގީގެ ނަމުގައި ކުރީގެ ރައީސް ޔާމީން ވެރިކަމުގައި މިގައުމު ދަރަނިވެރިކޮށްފައިވާ ކަމަށް ވެސް އިކްރާމް ވިދާޅުވި އެވެ. މަޖިލީހުގައި ތިއްބަވާ ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނަށް އިޝާރާތްކުރައްވާ އިކްރާމް ވިދާޅުވީ މަޖިލީހުގައި އެ މެމްބަރުން އޮއްޓަރު ހުރި ވާހަކަ ނުދައްކަވާ ކަމަށާއި ޒިންމާދާރުކަމާއެކު އޮއްޓަރު ހުރި ވާހަކައެއް ދައްކަން ޖެހޭ ކަމަށެވެ.
ރައީސް ޔާމީން ވެރިކަން ނިމުނު އިރު ރާއްޖޭގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 65 އިންސައްތައިގަ އެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގައި ނަގާފައިވާ ދަރަންޏާއެކު ޖީޑީޕީގެ ނިސްބަތުން ދަރަނި 100 އިންސައްތައިން މައްޗަށް މިހާރު އަރާފައިވެ އެވެ.
އާރުލާ ވާހަކަ ދައްކާށޭ ޢިއްޒަތްތެރި މެމްބަރު ވިދާޅުވުމުން، ޢިއްޒަތްތެރި މެމްބަރު ވިދާޅުވީ ކޮންވާހަކައެއްތޯ އަވަހަށް ބަލާލިން. ބަލާލިއިރު ތަރައްގީއަކީ ކޯއްޗެއްކަން ވިދާޅުވި ނުވެވުނު އިރު ޢުމްރާނީ ތަރައްޤީ އަކީ ތަރައްޤީ އެއްނޫނޭ ވިދާޅުވުމުން ދެން އިތުރަށް ބުނާނެ އެއްޗެއްނެތް. ޢުމްރާނީ ތަރައްްގީ އާނުލާ ތަރައްގީ އެއް ނުކުރެވޭނެ ކަން ތިވިދާޅުވި ޓަވަރު ތަކުންނާއި އެއޮތް ބްރިޖުން ރައްޔިތުންނަށް ވަރަށް ރަންގަޅަށް އެބަހާމަވޭ. ރައީސް ޔާމީން މި ގައުމުގެ ތަރައްގީ އަށް ކޮށްދެއްވި މުހިންމު ކަންތައްތަކެއް.