އެމެރިކާގެ މަޝްހޫރު މީޑިއާ ޝަހްސިއްޔަތެއް ކަމަށްވާ ކްރިސް ޖެނާއަށް 70 އަހަރު ފުރުމުގެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރަން އޭނާގެ އާއިލާއިން ނިންމައިފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ކްރިސްގެ ދަރިން ކަމަށްވާ ކާޑޭޝަން-ޖެނާ މެމްބަރުން އަންނަނީ އޭނާއަށް ހާއްސަ ޕާޓީއެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން ކްރިސްއަކީ ޖޭމްސް ބޮންޑްގެ ސަޕޯޓަރަކަށްވާތީ މިފަހަރުގެ ޕާޓީގެ ތީމްއަކީ ޖޭމްސް ބޮންޑް ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.
ކްރިސްގެ 70ވަނަ އުފަންދުވަހާ ގުޅިގެން ބާއްވާ ޕާޓީއަކީ ކުލަގަދަ ހަފްލާއަކަށް ވާނެ ކަމަށް ބެލެވޭއިރު މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ތަރިން އެ ޕާޓީއިން ފެންނާނެ ކަމަށް ލަފާކުރެވެ އެވެ.
މީގެ ދިހަ އަހަރު ކުރިން ކްރިސްއަށް 60 އަހަރު ފުރުން ފާހަގަ ކުރަން ބޭއްވި ދަ ގްރޭޓް ގެޓްސްބައި ޕާޓީއަކީ ވެސް ފާހަގަ ކޮށްލެވޭ ޕޮޓީ އެކެވެ.
މިދިޔަ ހުކުރު ދުވަހު 70 އަހަރު ފުރުނު ކްރިސް ފާހަގަ ކުރެވެނީ އޭނާގެ އުމުރާ އަޅާބަލާއިރު ޒުވާން މީހެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް އޭގެ ފަހަތުގައި ވަނީ ކްރިސް ހަދާފައިވާ ޕްލާސްޓިކް ސާޖަރީތަކެވެ.
ހިނގަން ދިއުމަކީ ހާސްކަން ފިލާ ކަމެއް: ދިރާސާ
ހަރަދު ކުޑަކުރުން މިހާރު އިބިލީހުގެ ކައިވެންޏަށް ވެއްޖެ
ކޮންމެ ދުވަހަކު ކިއުކަމްބާއެއް ކާންވީ މިހެންވެ!