މާލޭގެ ރައްޔިތުންނަށް ގޯތި ދީފައިވާ ހުޅުމާލޭ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި އެވެ.
ހުޅުމާލޭ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތްފަހުން މިހާތަނަށް އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.
އެ މަސައްކަތް ހުއްޓިފައިވާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުންފާޅުކޮށް އެ މަސައްކަތް އަލުން ފެށުމަށް ސަރުކާރަށް ގޮވާލާފަ އެވެ.
އެ މަސައްކަތް އަލުން ފެށީ ވެސް ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ބޮސްކާލިސްގެ 22,000 ސީބީއެމްގެ ޑްރެޖަރެއްގެ އެހީގަ އެވެ.
ރައީސް މުހައްމަދު މުއިއްޒު މިއަދު ވަނީ ބިން ހިއްކާ ސަރަހައްދަށް ވަޑައިގެން އެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފަ އެވެ.
މިހާތަނަށް ހުޅުމާލެ ފޭސް ތިނަކުން ހިއްކިފައި ވަނީ 24 ހެކްޓަރުގެ ބިމެވެ. ބާކީ 38 ހެކްޓަރުގެ ބިން ހިއްކަންޖެހެ އެވެ.
ގުޅިފަޅުގެ ފުން ސަރަހައްދާއި ގިރާވަރުފަޅުގެ ބިން ހިއްކުން ވެސް ވަނީ ހުއްޓިފަ އެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށާއި މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ރައީސް ސޯލިހުގެ ސަރުކާރުން ނިންމާފައިވާ އުތުރުތިލަފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަކަށް ނުދެ އެވެ.
އަހަރެންގެ އަޑަށް ގިނަ ބަޔަކު މަލާމާތްކުރި: ދީޕިކާ
ޒުވާނުން ވަޒީފާތަކަށް ހޭލުންތެރިކުރުވުމުގައި ބައިވެރިވޭ!
ފެނުގެ ނެޓްވޯކް ހަލާކުވެ ފުވައްމުލައް ފެނަށް ޖެހިއްޖެ
