ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް މި މަހު ގެނައި ބަދަލާއެކު ލީގަލް އޮފިސަރުންގެ މުސާރަ ކުޑަ ވުމާއި ގުޅިގެން ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ޖުމުލަ 81 ލީގަލް އޮފިސަރުން ސޮއިކޮށް ރައީސް އޮފީހާއި މަޖިލިސް އިދާރާ ހިމެނޭހެން 10 ތަނަކަށް ޕެޓިޝަން ވަނީ ފޮނުވާފަ އެވެ. ޕެޓިޝަންގައި ސޮއިކުރި ލީގަލް އޮފިސަރުންގެ ތެރޭގައި ކައުންސިލްތަކާއި ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ހިމެނެ އެވެ.
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި:
- މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއި ގުޅިގެން ބައެއް އިނާޔަތްތައް މަދުވެ އިތުރު ގަޑީގެ ފައިސާ ކެޕްކުރުމާއި ޖޮބް މެޓްރިކްސްއަށް ގެނައި ބަދަލުގެ ސަބަބުން ޖުމުލަ ލިބޭ މުސާރަ ކުޑަވުން
- ފުރަތަމަ ގްރޭޑްގައި ތިބި ލީގަލް އޮފިސަރުންނަށް ކުރިން ޖުމުލަ 19،161 ރުފިޔާ ލިބޭއިރު މިހާރު ލިބޭނީ ކުރިއަށް ވުރެ 240 ރުފިޔާ މަދުން
- މަތީ ގްރޭޑްގައި ތިބި ލީގަލް އޮފިސަރުންނަށް ކުރިން ޖުމުލަ 20،220 ރުފިޔާ ލިބޭއިރު މިހާރު ލިބޭނީ ކުރިއަށް ވުރެ 1،300 ރުފިޔާ މަދުން
- ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ލީގަލް އޮފިސަރުންނަށް ޕްރައިވެޓް ޕްރެކްޓިސްކުރުން މަނާކޮށްފައިވީ އިރު، ނަން-ޕްރެކްޓިކްސް އެލަވަންސެއް ނުދޭ
- ހިދުމަތުގެ މުއްދަތާއި ހޯދި ކުރިއެރުންތަކަށް ބަލައިގެން ދެމުން ދިޔަ ސްޓެޕް އެލަވަންސް އުނިކުރުމުން ލީގަލް އޮފިސަރެއްގެ ގޮތުގައި އެތައް އަހަރަކު މަސައްކަތްކޮށްފައިވާ މުވައްޒަފަކާއި އަލަށް ވަޒީފާއަށް ނުކުންނަ މުވައްޒަފަކާ އެއްވަރުކުރުން
- ލީގަލް އޮފިސަރުންގެ މަގާމު ދަށްކުރުމުގެ ސަބަބުން އެހެން ދާއިރާތަކުގައި ޑިޕްލޮމާ ފެންވަރަށް ކިޔަވައިގެން ތިބި މުވައްޒަފުންނަށް ލިބޭ ވަރުގެ މުސާރައެއް މާސްޓާސް ޑިގްރީއަށް ކިޔަވާފައި ތިބި ލީގަލް އޮފިސަރުންނަށް ނުލިބޭ
- ލީގަލް ސެކްޝަންތަކުގެ ހެޑްގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރު ޒިންމާތައް ހުރި ނަމަވެސް މަގާމު ދަށްކުރުމުގެ ސަބަބުން އެ ކަމަށް ރިއާޔަތްނުކުރެވޭކަން
- މުސާރައިގެ އާ އޮނިގަނޑުގައި އާ މަގާމުތަކެއް ހިމަނައިގެން މަގާމުތަކަށް ގެނައި ބަދަލުގެ ސަބަބުން ވެސް ކުރިން ހިދުމަތުގައި ތިބި ގިނަ މުވައްޒަފުންގެ މުސާރަ ކުރިއަށް ވުރެ ކުޑަވެފައިވޭ
މި މަހުގެ އެކަކުން ފެށިގެން ސިވިލް ސާވިސްގެ 20،000 މުވައްޒަފުންގެ މުސާރަ ބޮޑުކުރިކަން އިއުލާން ކުރި އިރު، ބައެއް ދާއިރާތަކުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ގެނައި ބަދަލާއެކު ކުރިން ލިބޭ މުސާރައަށްވުރެ ކުޑަވުމުގެ ކަންބޮޑުވުން ބައެއް މުވައްޒަފުން ދަނީ ފާޅުކުރަމުންނެވެ.
މެދުކެނޑުމަކަށްފަހު ބްރިޓްނީ ސޯޝަލް މީޑިއާއަށް!
ހުޅުމާލެ ފޭސް2 ގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ބީއެމްއެލް އިން ހަނިމާދޫ އެއާޕޯޓުގައި ޑޮލަރު އޭޓީއެމްއެއް