ބޮލީވުޑްގެ މަޝްހޫރު ވެޓެރަން އެކްޓަރު ދަރްމެންދްރާގެ ސިއްހީ ހާލު ގޯސްވެ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދީފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި މިހާރު އުމުރުން 89 އަހަރުގެ ދަރްމެންދްރާ މީގެ ދުވަސްކޮޅެއް ކުރިން ހޮސްޕިޓަލަށް ގެންދެވުނީ އެކި ކަހަލަ އުނދަގޫތައް ވާތީ ޓެސްޓުތަކެއް ހެދުމަށެވެ.
އެގޮތުން ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދިނުމަށްފަހު އިއްޔެ ދަރްމެންދްރާ ގެއަށް ދޫކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ހޭދަވި މުއްދަތުގައި ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް އޭނާއަށް ޒިއާރަތް ކޮށްފައިވާއިރު ބައެއް ތަރިން ވަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދި ޓްވީޓް ވެސް ކޮށްފަ އެވެ.
އިއްޔެ ދަރްމެންދްރާ ގެއަށް ދޫކޮށްލި ފަހުން އޭނާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަރްމެންދްރާގެ ފަރުވާ ދެން އިތުރަށް ކުރިއަށް ގެންދާނީ އޭނާގެ ގޭގައި ކަމަށެވެ.
އެއާއެކު މި ނާޒުކު ވަގުތުގައި ދަރުމެންދްރާއަށާއި އެ އާއިލާއަށް އިހުތިރާމްކޮށް ބޭނުންވާ ތަން ދިނުމަށް ވެސް އެ ބަޔާނުގައި މީޑިއާއާއި އާއްމުންގެ ކިބައިން އެދިފައިވެ އެވެ.
ދަރްމެންދްރާއަކީ 1970 އާއި 80ގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުން ވިދާލި ތަރި އެކެވެ. ސަނީ ޑިއޯލްއާއި ބޮބީ ޑިއޯލްއަކީ އޭނާގެ ދެ ދަރިންނެވެ.
"އިންސިއުލިން ރެސިސްޓަންސް"އަށް ސަމާލުވާންވީ ކީއްވެ؟
20 މީހުންނާއެކު ދަތުރުކުރި ތުރުކީގެ އަސްކަރީ ބޯޓެއް ވެއްޓިއްޖެ
ފަރަށް އެރި ބޯޓުން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ