ވިޔަފާރި އާއި ކުޅިވަރުގެ ދާއިރާއަށް ޚިދުމަތް ކޮށްފައިވާ އަދި ފިނިބުއިން "ޑޮންޑޮން"ގެ ބާނީ ލޯޖެހި އަހްމަދު މަނިކް އަވަހާރަވެއްޖެ އެވެ.
އަހްމަދު މަނިކު އަވަހާރަވީ މިރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ. އޭނާ އަވަހާރަވީ ސިއްހީ ބޮޑު ބައްޔަކަށް އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްވަމުން ގެންދަވަނިކޮށެވެ.
ރައީސް އިބްރާހިމް ނާސިރު، "ބީޗްވިލާ" ހިންގަވަން ފެއްޓެވި ދުވަސްވަރު އެތަނުން ތައާރުފުކުރި ފިނިބުއިން 'ޑޮންޑޮން' ފުޅިފުޅިއަށް އަޅުއްވައި ބަންދުކުރެއްވުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވީ ލޯޖެހި އަހުމަދު މަނިކެވެ. އަދި 1982 ވަނަ އަހަރު އޭނާގެ އަމިއްލަ ފޯމިއުލާއެއް ބޭނުންކުރައްވައިގެން، މި ބުއިންތައް އުފައްދަވަން ފެއްޓެވިއެވެ.
މިހާރު ތަފާތު ހަ ރަހައެއްގައި އުފައްދާ 'ތުރީ ޗޮއިސް'ގެ ނަމުގައި މަޝްހޫރުވެފައިވާ ފިނިބުއިންތައް ތައްޔާރުކުރުމުގެ މަސައްކަތް، އޭނާ ފެއްޓެވީ 14 އޯގަސްޓް 1989 ގައެވެ.
އަހްމަދު މަނިކަށް ވަނީ 1997 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2009 ވަނަ އަހަރު އޭނާއަށް ވަނީ ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.
ވިޔަފާރީގެ އިތުރުން ރާއްޖޭގެ ކުޅިވަރުގެ ތާރީޚްގައި އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކްލަބް ހިންގެވުމުގައިވެސް ލޯޖެހި އަހްމަދު މަނިކު އިސް ދައުރެއް އަދާކުރައްވައިފައެވެ.
އޮރިޖިނަލް ކާސްޓުންނާއެކު "އޯޝަންސް އިލަވަން"ގެ އާ ފިލްމެއް!
ނިމާލަށް ސްޓްރޯކެއް ޖެހި އައިސީޔޫގައި ފަރުވާދެނީ
އެމްއައި ކޮލެޖްގެ އައިޓީ ޑީން އަތުގައި "ފޭކް" ސެޓްފިކެޓެއް!
