އިލެކްޓްރިކް ސްކޭޓް ބޯޑަކުން ވެއްޓި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާއަށް އަނިޔާވެއްޖެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ޖަސްޓިން ވެއްޓުނީ އެއް ފުރޮޅުލީ އިލެކްޓްރިކް ސްކޭޓް ބޯޑެއް ދުއްވަނިކޮށް ބެލެންސް ނުކުރެވި އަރި އަޅާލައިގެންނެވެ.
ބުރާސްފަތި ދުވަހު އޮތް ލައިވް ސްރީމްއެއްގައި ވާހަކަ ދައްކަމުން ޖަސްޓިން ބުނީ އޭނާ ވެއްޓި ޖެހުނީ އަރިކަށި މައްޗަށް ކަމަށާއި އެހެން ނަމުން އުނަގަނޑަށް ވަރަށް ބޮޑަށް ތަދުވާ ކަމަށެވެ.
"އަހަރެން ވެއްޓި ގޮސް ޖެހުނީ އަރިކަށި މައްޗަށް. އެހެންވެ އިށީނަސް، ހީނގަތަސް ނޫނީ ކޮންމެ ކަމެއް ކުރިޔަސް ވަރަށް ބޮޑަށް ތަދުވޭ" ޖަސްޓިން ބުންޏެވެ.
މިކަމާ ބެހޭގޮތުން ޖަސްޓިންގެ އެއްވެސް އެޖެންޓެއް މީޑިއާއަށް އިތުރު މައުލޫމާތެއް ދީފައިނުވާއިރު އަނިޔާގެ ކުޑަ ބޮޑު މިނެއް ވެސް އެނގިފައެއް ނުވެ އެވެ.
މިއީ ޖަސްޓިންއަށް މިފަދަ އަނިޔާއެއް ވީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް އޭނާ ވަނީ ކަކުލުގައި ކަޅު ކުލައިގެ ބެންޑޭޖެއް އަޅައިގެން އުޅެނިކޮށް ފެނިފަ އެވެ.
އާވާރާޕަން 2: ފުރަތަމަ ދުވަހުން ވެސް ރެކޯޑެއް މުގުރާލައިފި
އިޒްމީރު: ތާރީހާއި މީރު ރަހަތަކާއި ގުދުރަތީ ހިތްގައިމުކަން!
އަންހެނުން ދެކެ ވާ ލޯބިން "ތާޖް މަހަލް"އެއް ބިނާ ކޮށްދީފި