ދިވެހި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓްގެ ކުރިއަށް އޮތް ފިލްމު "އަލްވަދާއު"ގެ ޓައިޓަލް ލަވައިން ގިނަ ބައެއްގެ ހިތްތައް ހަލާކު ކޮށްލައިފި އެވެ.
ރޭގެ ވަގުތެއްގައި ރިލީޒްކުރި އެ ޓައިޓަލް ލަވަ ޑާކްރެއިންއިން ސިފަ ކޮށްފައިވަނީ ވެސް އެންމެންގެ ހިތްތައް ހަލާކު ކޮށްލާނެ އަހަރުގެ "ހާޓް ބްރޭކް އެންތަމް"ގެ ގޮތުގަ އެވެ.
އެގޮތުން އެ ލަވައިން "އަލްވަދާއު" ފިލްމުން ފެނިގެންދާނެ ހުރިހާ ރަހައެއްގެ ކޮންމެވެސް މިންވަރެއް ފެނިގެންދާއިރު ލަވައިން އެކަނި ވެސް ފިލްމުގެ އަސަރުގަދަ ކަން ހާމަކޮށްދެ އެވެ.
ޑީއާރް ޕްރޮޑަކްޝަނުން މިއުޒިކް ހަދައި ޒުވާން ލަވަކިޔުންތެރިޔާ އަހްމަދު އިޝާމްގެ އަޑުން ކިޔައިދީފައިވާ އެ ލަވައަކީ އީޝާ ޝަރީފްގެ ޅެމަކަށް ހަދާފައިވާ ލަވަ އެކެވެ.
ޝަރަފް އަބްދުﷲއާއި މަރިޔަމް މަޖުދާ މުހިއްމު ރޯލުތަކުން ފެނިގެންދާ އެ ފިލްމުގެ އިތުރު ތަރިންގެ ތެރޭގައި ޝީލާ ނަޖީބު އަދި ދަރާ ރަޝީދު ފަދަ ތަރިން ހިމެނެ އެވެ.
އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އޮލިމްޕަހުގައި "އަލްވަދާއު" ޕްރިމިއާ ކުރާއިރު ފިލްމުގެ ޓިކެޓުތައް މިހާރު އަންނަނީ ވިކެމުންނެވެ.
އަމިއްލަ ފިލްމުތައް ރިލީޒް ކުރާއިރު ޖެނިފާ ބިރުގަންނަނީ މިހެންވެ!
ނުރައްކާތެރި އެކްސިޑެއްންޓެއް ހިނގައި 42 އުމްރާވެރިން މަރުވެއްޖެ