ކޮންމެ ގުޅުމަކީ ވެސް އެ ގުޅުމެއްގައި ހިއްސާވާ އެންމެންގެ ފަރާތުން އެއްވަރަކަށް އަޅާލުމާއި ލޯބި ދޭންޖެހޭނެ ގުޅުމެކެވެ. އެއީ އިޝްގީ ލޯބި ކަމަށް ވިޔަސް ނުވަތަ އާއިލީ އަދި ރަހުމަތްތެރިކަމުގެ ގުޅުމެއް ވިޔަސްމެ އެވެ.
އެހެން ކަމުން ލޯބީގެ ގުޅުމެއްގައި ބައިވެރިޔާގެ ފަރާތުން ވަކި ކަންތައްތަކެއް ފާހަގަވާނަމަ އެއީ އެ ގުޅުމާމެދު ދެވަނަ ވިސްނުމަކަށް ގޮސް ވާހަކަ ދައްކަންޖެހޭ ކަމެކެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް ބަލާލާނަމެވެ.
އިހުސާސްތައް ހިއްސާ ނުކުރުން
ލޯބީގެ ގުޅުމެއްގައި ދެ މީހުން ވެސް އެކަކު އަނެކަކާ ވާހަކަ ދައްކައި އިހުސާސްތައް ހިއްސާ ކުރުމަކީ މުހިއްމު ކަމެކެވެ. އެގޮތަށް ކަންތައް ނުކުރާނަމަ އެއީ ބައިވެރިޔާގެ ދިރިއުޅުމުގައި ތިބާ ބަހައްޓަން ބޭނުންނުވާކަން އަންގައިދޭ ކަމެކެވެ.
ކުދިކުދި ކަންކަމާ ހިތްހަމަ ނުޖެހި ރުޅިގަދަވުން
ނިސްބަތުން ކުދި ކުދި ކަންކަމާ ހިތްހަމަ ނުޖެހޭނަމަ އެއީ ތިބާ މަތިން ބައިވެރިޔާ ފޫހިވެއްޖެ ކަން އަންގައިދޭ ކަމެކެވެ. މިފަދަ ހާލަތެއްގައި ބައިވެރިޔާގެ ފަރާތުން ތިބާއަށް ފާޑުކިޔުމާއި އަޅާކިޔުން ފެންނާނެ އެވެ.
މުސްތަގްބަލް ރޭވުން ހުއްޓާލުން
ލޯބީގެ ވަރުގަދަ ގުޅުމެއްގައި ބައިވެރިޔާ ތިބާއާއެކު މުސްތަގްބަލެއް ބިނާ ކުރަން ބޭނުންވާނެ އެވެ. އެކުގައި އުމުރު ހޭދަކުރަން ބޭނުންވާނެ އެވެ. އެކަމަށްޓަކައި ރޭވުންތަކެއް ވެސް ރާވާނެ އެވެ. އެކަން ނުކުރާނަމަ އެއީ ގުޅުން ބަލިކަށިވެއްޖެ ކަމުގެ އަލާމާތެކެވެ.
އާއިލާއާއި ރަހުމަތްތެރިންނާ ދުރުވުން
ތިބާ ދެކެ އިންތިހާއަށް ލޯބިވާ ބައިވެރިއެއް ނަމަ ތިބާގެ ކޮންމެ ކަމެއްގައި ޝާމިލުވާން ބޭނުންވާނެ އެވެ. އާއިލީ ކަންކަމުގައާއި ރައްޓެހިންނާއެކު ހޭދަކުރާ ވަގުތުތަކުގަ އެވެ. ނޫންުނަމަ ބައިވެރިޔާ އެ ވަނީ ހަގީގީ ލޯބިތޯ ވިސްނާލުން ބުއްދިވެރި އެވެ.
މަތީގައިވާ ކަންކަން ނޫނަސް ބައިވެރިޔާގެ ފަރާތުން އަޅާލުމާއި ލޯބި ކުޑަވެއްޖެކަން ފާހަގަވާނަމަ އެކަމާ ބެހޭގޮތުން ވާހަކަ ދައްކައިގެން އެކަން ހައްލު ކުރުން މުހިއްމެވެ. ނޫންނަމަ އިސާހިތަކު ލޯބީގެ ގޮށް މޮހި އެ ގުޅުމަކީ ޖަލެއް ކަމުގައި ވެދާނެ އެވެ.
ބެންކޮކްގެ އަސްލު ނަމަކީ އެއީއެއް ނޫން!
ފިލްމީ ދާއިރާގެ ބޭފުޅުންވެސް ދީނުގެ ހުދޫދުން ބޭރުނުވޭ: ރައީސް
ބޮޑުތިލަދުންމަތީ 13 ފަޅެއްގައި ރިސޯޓު ތަރައްގީ ކުރަނީ