ފުޓްސެލް ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި ޖެހުނު ހަމަނުޖެހުމަކާއި ގުޅިގެން، ފުލުހަކު ކުޑަކުއްޖަކަށް އަނިޔާވެދާނެ ގޮތަކަށް އަމަލުކޮށް ބިރު ދެއްކި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ބަލަމުން ދާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިކަން ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހު ދެކުނުގެ ރަށަކަށް ނިސްބަތްވާ ރަށެއްގައި ކަމަށެވެ.

އެ ރަށު ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި ޖެހުނު ހަމަނުޖެހުމަކާ ގުޅިގެން، އެތަނުން ކުއްޖެއްގެ އާއިލީ މަސްލަހަތު އޮންނަ ފުލުހަކު، އެހެން ކުއްޖަކަށް ޖިސްމާނީ އަނިޔާ ވެދާނެ އަމަލެއްކޮށް ބިރުދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރާއިރު، ފުލުހެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކަށް ވުމުން، މައްސަލައިގެ އިދާރީ ބައި ތަހުގީގު ކުރަނީ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ކަމަށް ފުލުހުން ބުންޏެވެ.