ބޮލީވުޑްގެ އެންމެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޝާހްރުކް ޚާންއާއި ސަލްމާން ޚާން އެކުގައި ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދެ އެވެ.
ބަލާ ބެލުމަށް ބޭރު ގައުމެއްގެ ހާއްސަ ތަނެއްގައި ނަގާފައިވާ އެ ފޮޓޯގައި ފެންނަނީ ޝާހްރުކް ޚާންއާއި ސަލްމާން ކޯޓު ފަޓުލޫނުގައި ފޮޓޯއަކަށް ހުއްޓިގެން ތިބި މަންޒަރެވެ.
އެމީހުންގެ ފަހަތުން ފެންނަން ހުރީ މިހާރު ދުނިޔެއިން ނެތި ގޮސްފައިވާ ކަމަށް ބުނާ މަޚުލޫގެއް ކަމަށްވާ ޓީރެކްސްގެ ދެ އެތި އެކަތި އަނެއްކައްޗާ ތަޅާފޮޅާ މަންޒަރެވެ.
މިއީ އަބޫދާބީގައި ދާދި ފަހުން ހުޅުވި ނެޗުރަލް ހިސްޓްރީ މިއުޒިއަމް އަބޫދާބީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ނަގާފައިވާ ފޮޓޯ އެކެވެ.
އެ ރަސްމިއްްޔާތުގެ އުސްއަލިތައް ސަލްމާންގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ހިއްސާ ކޮށްފައިވާއިރު އޭނާގެ ސްޓޯރީއަށް ލީ ވީޑިއޯއެއްގައި އެމީހުންނަށް އެ އުޅެވެނީ ހަގީގީ ދިރިއުޅުމުގެ ޖުރާސިކް ޕާކްގައި ކަމަށް ސަލްމާން ބުނެ އެވެ.
އަބޫދާބީގެ ނެޗުރަލް ހިސްޓްރީ މިއުޒިއަމްއަކީ ދުނިޔޭގެ ތާރީހާއި އިކޮލޮޖިކަލް ހެރިޓޭޖް ދައްކުވައިދޭ ދާރުލް އާސާރެކެވެ.
ގެއެއްގައި ގޭސްފުޅިއެއް ގޮވައި ދެ މީހެއްގެ ހާލު ސީރިއަސްވެއްޖެ
ކޮލެސްޓްރޯލް ދަށްކޮށްގެން ހާޓްއެޓޭކްގެ ނުރައްކާ ކުޑަ ކުރެވޭނެތަ؟
ދިރާގު މުވައްޒަފުންގެ "ޑެސްކަޕް 2026" ފުޓްސަލް މުބާރާތް ނިމިއްޖެ