ގިނަ މުޖުތަމައުތަކުގައި ގަބޫލު ކުރެވިފައިވާ އޮންނަ ގޮތުގައި އިންސާނާގެ ބުއްދި ފުރާ ފުރިހަމަވާނީ އެ މީހެއްގެ އެންމެ ޒުވާން އުމުރުގަ އެވެ.
އެހެން ނަމަވެސް މިފަހުން ކުރެވުނު ދިރާސާތަކުން މިއީ ދޮގެއްކަން ސާބިތުވެފައިވާއިރު އިންސާނާގެ ބުއްދި އެންމެ ހުށިޔާރުވާ އުމުރު މިވަނީ ހާމަވެފަ އެވެ.
ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި އިންސާނާގެ ބުއްދި އޭގެ އެންމެ ފުރިހަމައަށް މަސައްކަތް ކޮށް ހުށިޔާރު ވާނީ އުމުރުން 60 އަހަރުގަ އެވެ.
އޭގެ ތެރޭގައި ބުއްދީގެ ވިސްނުމާއި ނަފްސާނީ ސިއްހަތު ފަދަ ސިކުނޑީގެ މަސައްކަތްތައް ހިމެނޭ ކަމަށް އެ ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.
މިއީ އާއްމުކޮށް ގަބޫލު ކުރެވިފައި އޮންނަ ގޮތާ ހިލާފު ގޮތަކަށް ވާއިރު މި ނަތީޖާތަކާއެކު އިންސާނުންގެ ބުއްދި މަސައްކަެތްކުރާ ގޮތާ ބެހޭ އާ ކަންތައްތަކެއް ވަނީ ފެންމަތިވެފަ އެވެ.
އެމްއޭސީއެލްގެ ބޯޑަށް ކުރީގެ މެންބަރު ޖަމީލް އުސްމާން
ހައިކޯޓުގެ ފަނޑިޔާރުކަމުން ފައިސަލް އިސްތިއުފާދެއްވައިފި
ގއ. ނިލަންދޫ ކައުންސިލްގެ ކޮރަޕްޝަން މައްސަލައެއް އޭސީސީއަށް