ރޯދަ ވީއްލުމަށް ސިއްޙަތަށް ފައިދާހުރި އަނގައަށް މީރު ކެއުމެއް ބޭނުން ހެއްޔެވެ؟ އެހެންނަމަ ތިރީގައި މިވާ އޯޓްސް ކުކީސްގެ އަޖުމަ ބަލާލުން ރަނގަޅުވާނެއެވެ. މިއީ ފަސޭހައިން ތައްޔާރު ކޮށްލެވޭ ރޯދަ ވީއްލުމަށް ހަމަ އެންމެ ރަނގަޅު ކެއުމެކެވެ.

ބޭނުންވާ ތަކެތި

  • 1 ޖޯޑު ކުކިންގް އޯޓްސް
  • 1 ޖޯޑު ހަކުރު
  • 4/1 ޖޯޑު ގޮދަން ފުށް
  • 2/1 ޖޯޑު ބަޓަރު (ވިރުވާފައި)
  • 1 ބިސް
  • 2/1 ސައި ސަމުސާ ބޭކިންގް ސޯޑާ
  • 1 ސައި ސަމުސާ ވެނީލާ އެސެންސް
  • 2/1 ސައި ސަމުސާ ލޮނު

ހަދާނެ ގޮތް

  1. 1165°C ގައި އަވަން ހޫނު ކުރާށެވެ. ބޭކިންގް ޝީޓްސްތައް މަތީގައި ފޮއިލް އެޅުމަށްފަހު ތަތްނުލަވާ ވަރަށް ބަޓަރު ހާކާލާށެވެ.
  2. މެދު ސައިޒުގެ ތަށްޓެއްގައި އޯޓްސް، ގޮދަން ފުށް، ލޮނު އަދި ބޭކިންގް ސޯޑާ ރަނގަޅަށް އެއްވަންދެން އެއްކުރާށެވެ.
  3. އެއަށްފަހު އެހެން ތަށްޓެއްގައި ހަކުރާއި ބަޓަރު އެއްކޮށް ބިހާއި ވެނީލާ އެސެންސް އަޅައި ގިރާލާށެވެ. ރަނގަޅަށް އެއްވުމުން އޯޓްސް އާއި ފުށް އެއްކޮށް ހާކާށެވެ.
  4. ފުށްގަނޑު މޮޑަވުމުން ތައްޔާރުކުރި ބޭކިންގް ޝީޓްސް މަތީ 2 އިންޗި ދުރުމިނުގައި ފުށްގުޅަތައް އަތުރާލާށެވެ. އަދި އެއަށްފަހު 165°C ހޫނުމިނުގައި 12-10 މިނެޓު ވަންދެން ފިހާށެވެ. ރަނގަޅަށް ފިހެވުމުން ކުކީސްތަކުގެ ކައިރިއަށް މަޑު ރަންކުލައެއް އަރާނެއެވެ.

ކިރު ނުވަތަ ސަޔާއެކު ސުފުރާއަށް އިންސާފު ކުރާށެވެ.