ހޮލީވުޑްގައި މަސައްކަތްކުރާ އެކްޓަރުންނަކީ އާއްމުގޮތެއްގައި ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާ ތަރިންނެވެ. ފިލްމީ ދާއިރާއިން ވަކިވުމަށްފަހު ވެސް އެ މަގުބޫލުކަން އެގޮތުގައި އޮވެ އެވެ.
ހޮލީވުޑް ދޫކޮށްލުމަށްފަހު އެކި ތަރިން އެކި ކަންކަމާ ކުރިމަތިލާއިރު ސިޔާސީ ދާއިރާއަކީ ކުރީގެ އެކްޓަރުން އާއްމުކޮށް ފެންނަ ދާއިރާ އެކެވެ. އެގޮތުން ހޮލީވުޑްގެ ތަރިއަކު ވަނީ ސިޔާސީ ދާއިރާއާ ގުޅި އެމެރިކާގެ ރައީސްކަން ވެސް ކޮށްފަ އެވެ.
މީގެ ކުރިން ހޮލީވުޑްގައި މަޝްހޫރުކަން ހޯދި ފަންނާނަކު ވަނީ އެގައުމުގެ ރައީސްކަން ދެ ދައުރަށް ކޮށްފަ އެވެ. އެއީ ރޮނަލްޑް ރޭގަން އެވެ.
1930އާއި 40ގެ އަހަރުތަކުގައި ހޮލީވުޑް ފިލްމުތަކުން ނަން ވިދާލި ރޮނާލްޑް ވަނީ އޭނާގެ ހޮލީވުޑް ކެރިއަރަށްފަހު ސިޔާސީ ދާއިރާއާ ގުޅިފަ އެވެ.
އެގޮތުން ރިޕަބްލިކް ޕާޓީގެ ޓިކެޓުގައި ވާދަކޮށް ރޮނަލްޑް ވަނީ 1981 ން 1989 އަކަށް އެމެރިކާގެ 40 ވަނަ ރައީސްކަން ކޮށްފަ އެވެ.
ރައީސްކަމަށް އިންތިހާބު ވުމުގެ ކުރިން ރޮނަލްޑް ވަނީ ދެވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާގެ އަސްކަރިއްޔާއަށް ހިދުމަތްކޮށްދީ އޭގެ ފަހުން ކެލިފޯނިއާ ސްޓޭޓްގެ ގަވަރުނަރުކަން ވެސް ކޮށްފަ އެވެ.
ޖުމްލަ ދެ ދައުރު ރައީސްކަމުގައި ރޮނަލްޑް ހުރިއިރު އޭނާގެ ރައީސް ކަމުގައި އޭނާ މަރާލަން ވެސް ބަޔަކު މަސައްކަތްކުރި އެވެ. 1981 ވަނަ އަހަރު އޭނާގެ ގަޔަށް ބަޑި ޖަހައި ޒަހަމްކޮށްލި ނަމަވެސް ރޮނަލްޑްގެ ފުރާނަ ވަނީ ސަލާމަތްވެފަ އެވެ.
ސިޔާސީ ދާއިރާއިން ދުރުވުމަށްފަހު ރޮނަލްޑް އުޅުނީ ވަރަށް ހަމަހިމޭން ދިރިއުޅުމެކެވެ. އަލްޒައިމާސް ބަލީގައި އޭނާ މަރުވީ 2004 ވަނަ އަހަރު އެވެ.
ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފަ އޮތް މީހަކު ފެނިއްޖެ
ވަޒީފާގެ ހާސްކަން ފިލުވާލަން ދެތިން ގޮތެއް!
ތާބޫގެ ނަމުގައި ބައްޕަގެ ނަން ހިމަނަން ބޭނުން ނުވާ ސަބަބު!