ހެނދުނު ހޭލުމަށްފަހު ނުވަތަ މާ ގިނަ އިރު ވަންދެން ނުކައި ހުރުމަށް ފަހު ކުރަން ނުވާ ބައެއް ކަންތައްތައް ހުރެ އެވެ. އެކަންކަމުގެ ސަބަބުން ސިއްހަތަށް ގެއްލުން ލިބޭތީ އެވެ.
އެފަދަ ގިނަ ކަންކަމަކީ އަހަރުމެންގެ ދިރިއުޅުމުގައި މާ ބޮޑު ވިސްނުމެއް ފިކުރެއް ނެތި ވަރަށް އާއްމުކޮށް ކުރެވޭ ކަންކަމެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް ބަލާލާނަމެވެ.
ދުފުން
ދުފުމަކީ އަހަރުމެންގެ މުޖުތަމައުގައި ވަރަށް އާއްމު އާދަ އެކެވެ. ނަމަވެސް ގިނައިރު ނުކައި ހުރުމަށްފަހު ދުފުމަކީ އެކަމުން ލިބޭ ގެއްލުން އިތުރު ކޮށްދޭ ކަމެކެވެ. އެގޮތުން ހަށިގަނޑުގައި ވިހަ މާއްދާތައް އުފެދި އަނގައާއި ގޮހޮރު ފާރުވުމަށް މަގުފަހިވެ އެވެ.
ބާޒާރު ކުރުން
ދިރާސާތަކުން ދައްކާ ގޮތުގައި ހައިބަނޑާ ހުރެ ބާޒާރު ކުރުމަކީ ބޭނުންނުވާ އެއްޗެއްސާއި ބޭނުންވާ ވަރަށްވުރެ އިތުރަށް ތަކެތި ގަނެވުމަށް މަގުފަހިވާ ކަމެކެވެ. މީގެ އިތުރުން ހައިބަނޑާހުރެ ބާޒާރުކުރާ ނަމަ ހަށިގަނޑަށް ގެއްލުން ހުރި ލުއިކާނާ ނުވަތަ "ޖަންކް ފުޑް" މާގިނައިން ގަނެވެ އެވެ. އެހެންކަމުން ބޭކާރު ޚަރަދު ކުރަން ބޭނުން ނުވާނަމަ ހައިބަނޑާ ހުރެ ބާޒާރު ނުކުރާށެވެ.
އަރާރުންވުންމީ
މީހަކާ އަރާރުންވެ ޒުވާބު ކުރުމުގެ ކުރިން އެއްޗެއް ކާލައި އެކަމާ މެދު ދެވަނަ ފަހަރަށް ވިސްނާލާށެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ރުޅިގަދަ ވުމަކީ ލޭގެ ހަކުރުގެ މިންވަރު ދަށްވުމުން ކުރިމަތިވާ ކަމެކެވެ. އެހެންކަމުން އެއްޗެން ކައި ހަކުރު ކޮންޓްރޯލް ވުމުން ރުޅިގަނޑު މައިތިރިވުން ގާތެވެ. މިގޮތުގެ މަތިން ރުޅި އައިސްގެން ކުރެވޭ ގޯސް ކަންކަމާއި ބުނެވޭ ނުބައި ބަސްބަހުން ސަލާމަތްވާނެ އެވެ.
ބަންޑާރަ ކިޅީގައި ރޯވެ ބޮޑު ސަރަހައްދެއް ވަނީ އަނދާފައި
ރަސްގެފާނުގެ ދައުވަތަކަށް ރައީސް މުއިއްޒު އިނގިރޭސިވިލާތަށް
ބަތް ކެއުމުން ނިދި އަންނަނީ މިހެންވެ!