މުނިފޫހި ފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަންނާނުންނަކީ އެމީހުންނަށް ލިބޭ އާމްދަނީއިން އެގައުމެއްގެ ސަރުކާރަށް ޓެކްސް ދައްކާ ތަރިންނެވެ.
އެގޮތުން ބޮލީވުޑްގައި ވެސް އިންޑިއާގެ ސަރުކާރަށް ގިނަ އަދަދެއްގެ ޓެކްސް ފައިސާ ދައްކާ ތަރިން އުޅެ އެވެ. އެގޮތުން 2024 ވަނަ އަހަރު ސަރުކާރަށް އެންމެ ގިނަ ޓެކްސް ފައިސާ ދެއްކި ތަރިންނަށް ބަލާލާނަމެވެ.
އެގޮތުން 92 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 10.9 މިލިއަން ޑޮލަރު)ގެ ޓެކްސް ދައްކާފައިވާ ޝާހްރުކް ޚާން އުޅެނީ ލިސްޓުގެ އެއްވަނައިގަ އެވެ.
އޭނާގެ ފަހަތުން ތަމަޅަ އެކްޓަރު ވިޖޭ 80 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 9.5 މިލިއަން ޑޮލަރު) އާއެކު ދެވަނައިގައި އުޅޭއިރު 75 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 8.9 މިލިއަން ޑޮލަރު) އާއެކު ތިންވަނަ ލިބުނީ ސަލްމާން ޚާން އަށެވެ.
އެންމެ ގިނައިން ޓެކްސް ފައިސާ ދެއްކި "ގަދަ 10"ގައި އިތުރަށް ހިމެނޭ ބޮލީވުޑް ތަރިންގެ ތެރޭގައި އަމީތާބު ބައްޗަން (71 ކްރޯޑް)، އަޖޭ ދޭވްގަން (42 ކްރޯޑް)، ރަންބީރު ކަޕޫރު (36 ކްރޯޑް) އަދި ރިތިކް ރޯޝަން (28 ކްރޯޑް) ހިމެނެ އެވެ.
އެ ލިސްޓުގައި ހިމެނޭ ބޮލީވުޑަށް ނިސްބަތްނުވާ ތަރިންގެ ތެރޭގައި ހިމެނެނީ ވިރާޓް ކޯލީ (66 ކްރޯޑް)، އެމް އެސް ދޯނީ (38 ކްރޯޑް) އަދި ސަޗިން ޓެންޑުލްކަރް (28 ކްރޯޑް) އެވެ. މި ތިން ތަރިންނަކީ ވެސް ކްރިކެޓް ކުޅުންތެރިންނެވެ.
މީގެ އިތުރުން ކަރީނާ ކަޕޫރު ޚާން، ކިއާރާ އަދްވާނީ އަދި ކެޓްރީނާ ކައިފް ފަދަ ތަރިން ވެސް ގަދަ 20ގެ ލިސްޓުގައި ހިމެނިފައިވެ އެވެ.
އިންޑިއާއަކީ އާމްދަނީއިން ޓެކްސް ނަގާ ގައުމަކަށްވާއިރު ބޮލީވުޑްގެ ތަރިން ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ފައިސާ އިންކަމް ޓެކްސްގެ ގޮތުގައި ސަރުކާރަށް ދައްކަ އެވެ.
ހުއްދަ ނެތި ދުންފަތުން ބާވަތްތައް ވިއްކި ތަނެއް ބަންދުކޮށްފި
ނޮވެމްބަރު ފުވައްމުލަކުގެ ފެނަށް ބިލް ނުކުރަން ނިންމައިފި
ޖިންސީ ގޯނާގެ މައްސަލާގައި ސަނީ އުމަރު ހައްޔަރުކޮށްފި