ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މޫސާ ލަތީފުގެ ކުޑަކުދިންގެ ވާހަކަ ސިލްސިލާ 'ދޮންކޮ' ނެރެފި އެވެ.
އިއްޔެ ހަވީރު ސިޓްރޯންގައި ބޭއްވި ހަފްލާއެއްގައި އެ ފޮތް ނެރެދެއްވީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިން އެވެ.
ދޮންކޮ ސިލްސިލާގައި އިއްޔެ ނެރުނީ ފަސް ފޮތެވެ. މި ވާހަކަ ސިލްސިލާ އަމާޒުކޮށްފައިވަނީ ގްރޭޑު 2 އާއި 3ގެ ކުދިންނަށެވެ.މި ފޮތްތަކުގެ ލޭއައުޓް ހެދީ މިހުސަން އަބްދުލްޣަނީ އެވެ. އަދި ހުރިހާ ފޮތްތަކުން ފެންނަ ކުރެހުންތައް ކުރަހާފައިވަނީ އިލަސްޓްރޭޓާ ފާތިމަތު މުނާލް ޝުޖާއު އެވެ.
އިއްޔެ ނެރުނު ސީރީޒްގައި ހިމެނޭ ފޮތްތައް
1-ދޮންކޮ އާއި އެދުރުބެ
2-ކެތީގެ ބޮޑު ތޫފާން
3-ކަމަނަގެ ކަޅު ލައް
4-ކަނޑު ވިގަނި
5-އިއައްކަ
މޫސާ ލަތީފް ވިދާޅުވީ މިފަދަ ފޮތެއް ނެރުމުގެ އެންމެ ބޮޑު ބޭނުމަކަށްވީ، ކުޑަކުދިންނަށް ކަމުދާނެ ފަދަ ގޮތަކަށް ދިވެހިބަހަށް އެ ކުދިންގެ ހިތުގައި ޝައުގުވެރިކަން އުފެއްދުން ކަމަށެވެ.
ފިސްކަލް ޒިންމާ ގާނޫނަށް އަމަލުކުުރުން ފަސްކޮށްފި
ދަރިވަރުންނަށް: އިމްތިހާނަށް ތައްޔާރުވާން ކުޑަ އެހީއެއް!
އެޗްއާރްސީއެމްގެ މެންބަރު ކަމަށް ރަމީލާ އައްޔަންކުރައްވައިފި
