މިނިސްޓްރީ އޮފް ފިޝަރީޒްގެ ނައިބުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފުރަތަމަ ފަހަރަށް ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.

އެ މަގާމަށް އައްޔަންކޮށްފައިވަނީ މ. ހިޔަމަ، އަލީ މާޖިދު އެވެ. އޭނާ އަކީ ނ. އަތޮޅު ކައިންސިލް މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.

އަލީ މާޖިދަކީ މަންދު ކޮލެޖުން ޑިޕްލޮމާ އިން ބިޒްނަސް މެނޭޖްމަންޓް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ސެޓްފިކެޓް އިން ޓްރެވަލް އެންޑް ޓުއާ އޮޕްރޭޝަންސް ކޯހެއް ވެސ ފުރިހަމަކުރައްވާފަ އެވެ. މީގެ އިތުރުން އިންޓީރިއާ ޑިޒައިނިން އަދި ޕްރޮޖެކްޓް މެނޭޖްމަންޓްގެ މަސައްކަތްތަށް ވެސް އޭނާ ވަނީ ކުރައްވައިފަ އެވެ.

ވިޔަފާރީީގެ ދާއިރާގެ ތަޖުރިބާ ވެސް ހުރި އަލީ މަޖީދަކީ ނޮދާން ޔޫޓިލިޓީސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމާއި، ޕްލޭންކްޓަންސް ބީޗް ހޮޓެލް އަދި މޯނިން ސަންރައިސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތަކުގައި ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ. އަދި އަމިއްލަ ގޮތުން މަސައްކަތްކުރާ އެކި ކުންފުނިތަކުގެ އިސް މަގާމުތައް ވެސް ފުރުއްވައިފަ އެވެ.