އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކުރީ ސިއްރަކުން ނޫން ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "ހުރިހާ" އިން ހޯދަން އެދުނު މައުލޫމާތުގެ ޖަވާބުގައި ކްރިމިނަލް ކޯޓުން ބުނީ 17 ސެޕްޓެމްބަރު ވަނަ ދުވަހު އެ ދެ ކުންފުނީގެ މައްސަލައިގެ ހުކުމް އިއްވަން އަޑުއެހުން ބޭއްވީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުމެއްގެ ގޮތުގައި ކަމަށެވެ.
އެ ދެ ކުންފުންޏަށް އުފުލީ މަނީލޯންޑަރިންގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން ބުނީ ކޯޓުގެ އިދާރީ އޮޅުމެއްގެ ސަބަބުން އެދުވަހުގެ ތާވަލްގައި މައްސަލަ ތާވަލްކުރެވުނު ކަމަށް ހިމެނިފައިނުވިނަމަވެސް، އެކަން ސަމާލުކަމަށް އައުމުން ޝީޓް އިސްލާހުކޮށް ޝީޓްގައި ހިމަނާފައިވާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުން އެހެން ބުންޏަސް ޝީޓް އިސްލާހުކުރިކަން މީޑިއާތަކަށް އަންގާފައެއްނުވެ އެވެ. އަދި އެ މައްސަލައިގެ މައްސަލަ ނިންމިގޮތުގެ ރިޕޯޓް ހޯދަން އެދުމުން އެ ރިޕޯޓް ނުދޭން އެ ކޯޓުން ވަނީ ބަހަނާ ދައްކާފަ އެވެ.
ބަހަނާއެއްގެ ގޮތުގައި އެ ކޯޓުން ދެއްކީ ގާނޫނުގަ ބުނާގޮތުން އެފަދަ ލިޔުންތައް ދެވޭނީ ފައިސާ ދައްކައިގެން ކަމަށްވާތީ އެވެ. ނަމަވެސް އާރްޓީއައި ހުށަހަޅަނީ ވެސް މައުލޫމާތަށް އެދޭ ފަރާތުން ދައްކަންޖެހޭ ފީއެއް އޮތްނަމަ، އެ ފީ ދައްކަން އެއްބަސްވެގެންނެވެ. ނަމަވެސް ގާނޫނުގައި ބުނާގޮތަށް އެ ފީ ދައްކާކަން ކްރިމިނަލް ކޯޓުން ނާންގަ އެވެ.
މިކަމުން ވެސް އެ މައްސަލާގައި ގަވާއިދާ ހިލާފު ކަންތައްތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތު ކުރުމުގެ ޖާގަ އެބައޮތެވެ.
"ޑްރަގް ވިޔަފާރިކުރާ މީހާ މަރުވަންދެން އޮންނަންޖެހޭނީ ޖަލުގައި"
ލަންޑަނުގައި ޝާހްރުކް ޚާންއާއި ކާޖޮލްގެ މޮނިއުމެންޓެއް!
ޑްރަގްގެ ބޮޑުންގެ ތެރޭގައި އެސްޕީޑީއެއް!
