އުމުރުން 60 އަހަރުގެ ދުވަސްވީ އުމުރުގައި އަލުން ލޯބި ލިބޭނެ ކަމަށް އުއްމީދު ނުކުރާ ކަމަށް ބޮލީވުޑްގެ ކާމިޔާބު ތަރި އާމިރު ޚާން ބުނެފި އެވެ.
ދާދި ފަހުން އޮތް އިވެންޓެއްގައި ވާހަކަ ދައްކަމުން އާމިިރު ބުނީ 60ގެ އަހަރުތަކުގައި ދިރިއުޅުމުގެ ބައިވެރިއެއް ލިބިދާނެ ކަމަށް އުއްމީދު ނުކުރާ ކަމަށާއި އެ ގުޅުމުން އޭނާއަށް ހަމަޖެހުން ލިބޭ ކަމަށެވެ.
އޭގެ އިތުރުން ވެސް އޭނާގެ މިހާރުގެ ބައިވެރިޔާ ގައުރީ ސްޕްރައުޓްގެ އިތުރުން ކުރީގެ އަނބިން ކަމަށްވާ ރީނާ ދައްތާއާއި ކިރަން ރާއޯއާއެކު ވެސް ރަނގަޅު ގުޅުމެއް އޮންނަ ކަމަށް އާމިރު ބުންޏެވެ.
"އަނބިފިރިކަމުގެ ގުޅުން ނިމުމަކަށް އަޔަސް އަހަރުމެންނަކީ އަދިވެސް ވަރަށް ގާތް ރަހުމަތްތެރިން. އެ ގުޅުމަކަށް ބަދަލެއް ނާދޭ" ރީނާއާއި ކިރަންއާ ބެހޭގޮތުން އާމިރު ބުންޏެވެ.
އާމިރު އިތުރަށް ބުނީ އޭނާ ހުރީ އެ އުމުރުގައި ލޯބި ލިބޭނެ ކަމަށް އުއްމީދު ކޮށްގެން ނޫން ކަމަށާއި އެ އުމުރުގައި ވެސް ގައުރީއާ ބައްދަލުވީތީ އުފާކުރާ ކަމަށެވެ.
ރީނާއާއެކު ކުރި އާމިރުގެ ފުރަތަމަ ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު ކިރަންއާއި އޭނާގެ ކައިވެންޏަށް ލިބިފައިވަނީ އެންމެ ކުއްޖެކެވެ.
އޭގެ ފަހުން އާމިރުއާއި ގައުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މީޑިއާގައި ވާހަކަ ދެކެވޭތާ ދެ އަހަރު ފަހުން އާމިރު އެކަން ޔަގީން ކޮށްދިނީ މިއަހަރުގެ ކުރީކޮޅު ފާހަގަކުރި އޭނާގެ 60 ވަނަ އުފަންދުވަހު އެވެ.
މާވެލްގެ "އެވެންޖާސް: އެންޑްގޭމް" ސިނަމާތަކަށް އަންނަނީ!
500 އަށް ވުރެ ގިނަ ވޭޕް ސާމާނު ރޭ އަތުލިން: ފުލުހުން