ޅ. ހިންނަވަރުން މަސްތުވާތަކެއްޗާ އެކު ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ކުޑަކުއްޖަކު އަތުން މަސްތުވާތަކެތި އަތުލައިގާތީ މާލެއިން އެރަށަށް ދިޔަ ބޯޓަކުން އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެވެ.
އެ ކުއްޖާ އިއްޔެގެ ވަގުތެއްގައި ހައްޔަރުކުރީ މާލެއިން ދިޔަ ބޯޓު ހިންނަވަރު ބަނދަރަށް ކައިރި ކުރި ވަގުތު ބޯޓުން ބޭލި ކޮތަޅަކާ ހަވާލުވުމާ އެކު ބަނދަރުމަތިންނެވެ. ފުލުހުން އިތުރަށް ބުނީ ކުއްޖާގެ އަތުގައި އޮތް ކޮތަޅު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
"ހުރިހާ" ނޫހަށް އެގިފައިވާ ގޮތުގައި ހައްޔަރުކުރި ކުއްޖާއަކީ ކުށުގެ ވެށީގައި އުޅެމުންދާ ކުއްޖެކެވެ. އަދި ކުއްޖާގެ ބަންދަށް މިއަދު ޖުވެނައިލް ކޯޓުން ވަނީ ތިން ދުވަސް ޖަހައިފަ އެވެ.
ކުޑަކުއްޖަކު ޝާމިލްވާ ކަމަކަށްވާތީ މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.
ޑޮން 3: ފަރްހާން އެންމެ ފަހުން އިދާރާތަކަށް!
"މުއިއްޒު ބޭނުންނުވާ އެއްވެސް ކަމެއް ޕީއެންސީގައި ނުހިނގާނެ"
ޓްރީޓޮޕްގެ ފާޓިލިޓީ ސެންޓަރުގައި 100 ކުދިން އުފަންވެއްޖެ