އެޗްޑީސީގެ ލިޔުންތަކެއް ނައްތާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އައިޓީ ހެޑް އަބްދުﷲ ޝުހޫދުގެ މައްޗަށް ދައުވާ ކުރެވޭ މިންވަރުގެ ހެއްކެއް ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ފަޒުލާއި ޝުހޫދުގެ މައްޗަށް ތުހުމަތު ކުރަނީ އެޗްޑީސީގެ ސާވާގައި ހުރި ލިޔުންތަކެއް ނައްތާލި ކަމަށް ބުނެ އެވެ. އެ މައްސަލަ ފުލުހުން ބަލަން ފެށީ ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެއިން ބިންތަކެއް ދިނުމުގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަޒުލް އެޗްޑީސީގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ނަމަވެސް ޕީޖީ އޮފީހުން މިއަދު ބުނީ އެ މައްސަލާގައި ފަޒުލާއި ޝުހޫދުގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގާރީނާ ލިބިފައިވާ ނުވާ ކަމަށާއި އެހެންވެ, އެ މައްސަލަ މިހާރު ފައިލްކޮށްފައިވާ ކަމަށް ޕީޖީން ބުންޏެވެ.
ޕީޖީން ބުނީ އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓުން ހެދި ރިޕޯޓުގައި އެ ކުންފުނީގެ ސާވާގެ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ގެއްލިފައިނުވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގު ރިޕޯޓުގައި ވެސް އެގޮތަށް ބުނެފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
"އިބްރާހީމް ފަޒުލް ރަޝީދާއި އަބްދުالله ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައި ނުވެ އެވެ،" ޕީޖީގެ ވެބްސައިޓުގައި ބުންޏެވެ.
ފަޒުލްއަށް އޭރު ކުރި ތުހުމަތުތަކުގެ ތެރޭގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޯއްޗަށް ޝަރުތު ހަމަނުވާ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ، އެމްޑަބްލިއުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަަޒީލް ރަޝީދަށް ބިމެއް ދިން މައްސަލައެއް ވެސް ހިމެނެ އެވެ.
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓާސް"
މާވެލްގެ "އެވެންޖާސް: އެންޑްގޭމް" ސިނަމާތަކަށް އަންނަނީ!
ވޯލްޑް ކަޕް 2026 ގެ މެޗުތަކުގެ ޝެޑިއުލް އާންމުކޮށްފި
