އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އިންތިހާބުކޮށްފި އެވެ.
ޣަފޫރު ވަގުތީ ޗެއާޕާސަން ކަމަށް އިންތިހާބުކޮށްފައި ވަނީ މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ.
ޗެއާޕާސަން ކަމަށް ޣަފޫރު އައްޔަންކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި، 65 މެންބަރުންގެ ތާއިދާއެކުއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި، ފައްޔާޒް އިސްމާއިލް އިސްތިއުފާދެއްވުމުންނެވެ.
ޗެއާޕާސަނަކު އިންތިހާބުވަންދެން ވަގުތީ ޗެއާޕާސަނެއް ހަމަޖައްސަން ނިންމީ މިދިޔަ މަހުގެ 28ގައި ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ.
ވަގުތީ ޗެއާޕާސަން ކަމަށް މީގެކުރިން ފުރަތަމަ އިންތިހާބުވީ ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ވަހީދެވެ. ނަމަވެސް ވަހީދުގެ ނަމަށް ވޯޓަށްއެހި ފަހުން ޖަލްސާ ހޫނުވެ މެދުކަނޑާލީއެވެ. ފަހުން ވަހީދު ވަނީ އޭނާގެ ނަން އަނބުރާ ގެންދަވާފަ އެވެ.
ތަރުކާރީ ކެއުމުގައި މިކަމަށް ސަމާލުވާތި!
އީރާނުން އިޒްރޭލާއި ސައުދީގެ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް
ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ހުށަހަޅާ މުއްދަތު އިތުރުކޮށްފި
