ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ "އަމާން އުދަރެސް"ގެ ބައެއް ފުލެޓްތަކުގައި އާދަޔާ ހިލާފަށް ބޮޑުވެފައިވާ ފެން ބިލްތައް ދައްކަންޖެހޭނީ އެފްޑީސީން ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
އަމާނާ އުދަރެސްގެ ޓަވަރުތަކުގައި ދިރިއުޅޭ ބައެއް މީހުން ބުނީ ބައެއް އެޕާޓްމަންޓްތަކުގެ ބިލް 7000 ރުފިޔާއަށްވުރެ ބޮޑުވެފައިވާ ކަމަށެވެ. އަދި ބައެއް އެޕާޓްމަންޓްތަކުގެ ފެން ބިލަށް 4000 އަށްވުރެ ގިނަ ރުފިޔާ އަރާފައިވެ އެވެ.
މިކަމާ ގުޅިގެން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު މަތީން ވިދާޅުވީ އަމާން އުދަރެސް ޓަވަރުތަކުގެ ފެން މީޓަރުތައް އަދި ހުރީ އެފްޑީސީގެ ނަމުގައި ކަމަށެވެ. އެހެންކަމުން އެ ފައިސާ ދައްކަންޖެހޭނީ އެ ކުންފުނިން ކަމަށް އޭނާ ވިދާޅުވި އެވެ.
"ފެން ބިލުތަކަށް އެހާ ބޮޑެތި އަގުތަކެއް އަރާފައި އެވަނީ އެޕާޓްމަންޓުތަކަށް ފެން ލިބޭތޯ ޓެސްޓުކުރުމާއި، ކޮމިޝަން ކުރުމުގެ މަސައްކަތަށް ފެން ބޭނުންކުރި މިންވަރާއެކު،" މަތީން ވިދާޅުވި އެވެ.
އެފްޑީސީން ބިލްތައް ދައްކައި ނިންމުމުން ފްލެޓްތަކުގެ ވެރިންގެ މައްޗަށް މީޓަރުތައް ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާން ދުނިޔޭގެ ޗާޓުން ފޮހެލާނެކަމުގެ އިންޒާރު ޓްރަމްޕް ދީފި
ގުދުރަތީ މާހައުލެއްގައި 20 މިނެޓު ހޭދަ ކުރުމުން ގިނަ ފައިދާތަކެއް
ވިއްސާރައިރު ދުޅަހެޔޮ ސިއްހަތަކަށް ކުރަންޖެހޭ 5 ކަމެއް!
