މަޝްހޫރު ކޭޕޮޕް ބޭންޑެއް ކަމަށްވާ ބީޓީއެސްއާ ބެހޭގޮތުން އެ ގްރޫޕްގެ ލީޑަރު އާރްއެމް ދެއްކި ވާހަކަ ތަކަށް އެންމެ ފަހުން އޭނާ މައާފަށް އެދެފި އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ދިން އިންޓަވިއުއެއްގައި އާރްއެމް ވަނީ ބޭންޑެއްގެ ގޮތުގައި ބީޓީއެސްއަށް ކުރިމަތިވި ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

އެގޮތުން އަހަރު ތަކުގެ ތެރޭގައި އާއްމުންގެ ފަރާތުން އެ ގްރޫޕަށް ގިނަ ފިއްތުންތަކެއް ކުރިމަތިވި ކަމަށާއި އޭގެ ސަބަބުން ބޭންޑް ރޫޅާލަން ވެސް ވިސްނި ކަމަށް އާރްއެމް ބުންޏެވެ.

އާރްއެމްގެ އެ ވާހަކަތަކާއެކު ބީޓީއެސްއަށް ސަޕޯޓުކުރާ ގިނަ ބަޔަކު ވަނީ އެކަމާ ރުޅިގަދަވެ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަން ފަށާފަ އެވެ.

އެކަންތައްތައް ބޮޑުވެ އާރްއެމް ވަނީ އޭނާގެ ވާހަކަތަކަށް މައާފަށް އެދި ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފަ އެވެ. އެގޮތުން ސަޕޯޓަރުންގެ މެދުގައި ކަންބޮޑުވުން އުފެދޭ ވާހަކަތައް ދެކެވުނީތީ ދެރަވާ ކަމަށް އޭނާ ބުންޏެވެ.

އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ބީޓީއެސްގެ އެންމެ ފުރަތަމަ ހުށައެޅުން ބާއްވަން ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ ތެރޭގަ އެވެ.