މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓާފައި ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގެ ސިނގިރޭޓު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓާނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުއްޓައި، ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި ލޮޓަސް ކުންފުނީގެ ވެރިޔާ، އަހްމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ބަންދުން ދޫކޮށްލައިފި އެވެ.
އެ މައްސަލާގައި ތުހުމަތުކުރެވޭ އެންމެންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފަ އެވެ. އެކަމަކު ދައުވާކުރުމާ މެދު އަދި ވަކިގޮތެއް ނުނިންމަ އެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މީހުން ބަންދުން ދޫކުރަން އެދުނީ، އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުން ކަމަށް ވާއިރު، މި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށެވެ.
އާއްޓޭ އާއި ދިގަލީގެ އިތުރުން ކޮންޓެއިނާ ވަގަށް ނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ހަވާލުވެގެން ހުރި ކ. ތުލުސްދޫ، ލިންކް ހައުސް، ހަސަން އަބްދުއްރަހްމާން ވެސް ވަނީ ބަންދުން ދޫކޮށްލާފަ އެވެ،. ނަމަވެސް ދެން ތިބި މީހުން ބަންދުން ދޫކޮށްލާކަށް އެދިފައެއްނުވެ އެވެ.
އޭގެ ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނީ އެއީ ސިނގިރޭޓް ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުން ކަމަށް ވުމާއި އޭގެ ތެރެއިން ބައެއް މީހުންނަކީ ދައުލަތުގެ މުވައްޒަފުންނަށްވެ ތިބެ މި ކުށް ކުރުމުގައި އެމީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ކަމުގައިވާތީ ކަމަށެވެ.
ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. އެތަކެތީގެ ކަސްޓަމްސް ޑިއުޓީއަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ސަނީއާއި ޝާހްރުކް ޚާންއާ ދެމެދު މައްސަލަ ޖެހުނު ސަބަބު!
އާރްއެމް އެންމެ ފަހުން މައާފަށް އެދެފި
އާއްމުކޮށް ބަނޑު ހަރުވާނަމަ ވިސްނުން ކޮށިވޭ: ދިރާސާ
