މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ކާމިޔާބު އީރާސް ޓުއާއަށްފަހު އެ ޕްރޮޖެކްޓްގައި ބައިވެރިވި އޭނާގެ ޓީމު މެމްބަރުންނަށް ދިން ބޯނަސްގެ އަދަދުން އެންމެން ހައިރާން ކޮށްލައިފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ޓޭލާ ވަނީ އޭނާގެ އީރާސް ޓުއާއަށްފަހު އެ ޓުއާގައި ބައިވެރިވި ޓީމަށް 197 މިލިއަން ޑޮލަރު ބޯނަސްގެ ގޮތުގައި ބަހާލާފަ އެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނިމުނު އެ ޓުއާއަށްފަހު ބޯނަސް ލިބުނު ފަރާތްތަކުގެ ތެރޭގައި ޓުއާގައި ހަރަކާތްތެރިވި ވަޑިންނާއި ބޭންޑް މެމްބަރުންގެ އިތުރުން ނެށުންތެރިން އަދި އެހެނިހެން ކްރޫ މެމްބަރުން ހިމެނެ އެވެ.
އީރާސް ޓުއާގެ މައްޗަށް ހަދާފައިވާ ޑޮކިއުމެންޓްރީ "އެންޑް އޮފް އެން އީރާ"ގެ ދެވަނަ އެޕިސޯޑުގައި ޓޭލާ ސިޓީއުރަ ތަކަކަށް ފައިސާ ލުމަށްފަހު އަތުން އޭގައި ލިޔާ މަންޒަރު ފެނެ އެވެ.
އެ އެޕިސޯޑުގައި .ސިޓީއުރަތައް އޭގެ ހައްގުވެރިންނާ ހަވާލުކުރާ މަންޒަރު ވެސް ފެންނައިރު ބައެއް މީހުން ވަނީ އެ މީހުންނަށް ލިބުނު އަދަދުން ހައިރާން ވެފަ އެވެ.
މިއީ ޓޭލާ އޭނާގެ ޓީމަށް އެހާބޮޑު ފައިސާގެ އަދަދެއް ދިން ފުރަތަމަ ފަހަރެއް ނޫނެވެ. 2023 ވަނަ އަހަރު ވެސް އޭނާގެ ޓީމަށް 55 މިލިއަން ޑޮލަރު ދީފައިވާއިރު އޭގެ ތެރޭގައި އޭނާއަށް މަސައްކަތް ކޮށްދިން ކޮންމެ ޑްރައިވަރަކަށް ދިން 100،000 ޑޮލަރު ވެސް ހިމެނެ އެވެ.
ޓީޗަރުންނަށް ހަނގާކޮށް އުނދަގޫ ކުރުން އާންމު، ވެރިން ތިބީ ހަނު
ކިލޯއަކަށް ވުރެ ބަރު މަސް 16 ރުފިޔާއަށް ގަންނަން ނިންމައިފި
މަގު ފުޅާކުރަން މާރުކޭޓު ސަރަހައްދުގެ ދޯނިތައް ނަގަން އަންގައިފި