ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި މިވަނީ އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި މުހައްމަދު ނިޔާޒު ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުމާއި ފަނޑިޔާރުކަމުގައި ހުންނެވި މުހައްމަދު ފައިސަލް އިސްތިއުފާދެއްވުމުންނެވެ.
ޖޭއެސްސީން ބުނީ ހައި ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުށަހެޅޭނެކަމަށް ޖޭއެސްސީން ބުންޏެވެ.
ހައިކޯޓުގައި މިހާރު ނުވަ ފަނޑިޔާރުން އެބަތިއްބެވެ.
މި ސަރުކާރުން ބޭނުންވާ ބަޔަކު ފަނޑިޔާރުކަމަށް ލުމައްޓަކައި ހައިކޯޓުގެ ގިނަ އަދަދެއްގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.
ތެލުގެ އަގު ބޮޑުކުރަން ސަރުކާރުން ނުވިސްނަން: ޒަމީރު
ފުވައްމުލަކާއި ފޯޅަވަހި: ހިތާއި ހިތުގެ ގުޅުމެއް
އީރާނުން އިޒްރޭލާއި ސައުދީގެ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް
