ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކޮންމެ އަހަރަކު ހުޅުވާ އިންޓާންޝިޕް ޕްރޮގްރާމަށް މި އަހަރު 25 އިންޓާނުން ނަގައި، މަރުހަބާ ކިޔައިފި އެވެ.
ބީއެމްއެލްއިން ބުނީ ގްރެޖުއޭޓް އިންޓާންސް އަދި ޓެކް ސްޓާޓް އިންޓާންސް ހިމެނޭހެން 25 އިންޓާނުންނަށް ބޭންކުން މަރުހަބާ ކިޔާފައިވާ ކަމަށެވެ. ޓެކް ސްޓާޓް އިންޓާންޝިޕަކީ އައިޓީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ޚާއްސަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް މި އަހަރު އަލަށް ތައާރަފުކުރި ކެޓަގަރީއެކެވެ. މި 12 މަހުގެ ޕްރޮގްރާމްގައި ބައިވެރީންގެ ތަޖުރިބާއާއި ހުނަރު އިތުރުކުރުމަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
މީގެ އިތުރުން، މި ރަސްމިއްޔާތުގައި މިދިޔަ އަހަރުގެ އިންޓާންޝިޕް ޕްރޮގްރާމް ނިންމާލި ބައިވެރިންގެ ގްރެޖުއޭޝަން ވެސް ބާއްވާފައިވެއެވެ. މީގެ ތެރެއިން ބައެއް ބައިވެރިންނަށް ވަނީ ބޭންކުގައި ދާއިމީ ވަޒީފާގެ ފުރުސަތު ވެސް ދީފައި ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލް އިންޓާންޝިޕް ޕްރޮގްރާމު ފަށާފައިވަނީ 2018 ވަނަ އަހަރެވެ. މި ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 77 ދަރިވަރުންނަށް ތަޖުރިބާގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލް އިން "މަސްވެރިޔާ" ޕޯޓަލް އިފްތިތާހުކޮށްފި
މެންބަރު މައުރޫފް ކުއްލި އޮޕަރޭޝަނެއް ކުރަން ވައްދައިފި
ރަޝިއާގެ މުދަލާއި ފައިސާ ހިފަހައްޓަން އީޔޫ އިން ނިންމައިފި
