2026 ވަނަ އަހަރުގެ އޮސްކާ އެވޯޑަށް އިންޑިއާއިން ހުށައަޅާ ފިލްމެއްގެ ގޮތުގައި "ހޯމްބައުންޑް" ކަނޑައަޅާފައިވާއިރު އެ ނިންމުމަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
ކާމިޔާބު ފިލްމް "މަސާން" ރިލީޒް ކުރިތާ 10 އަހަރު ފަހުން ހަމަ އެ ފިލްމުގެ ޑައިރެކްޓަރު ކަމަށްވާ ނީރަޖް ގައިވާންގެ އުފެއްދުމެއް ސިނަމާތަކަށް އަންނަ ހަބަރާއެކު އެ ފިލްމަކީ ވެސް ހަމަ އެހާ ކާމިޔާބު ފިލްމަކަށް ވާނެ ކަމަށް ޔަގީން ކުރެވުނެވެ.
ގިނަ ބަޔަކު އުއްމީދުކުރި ގޮތަށް "ހޯމްބައުންޑް"ވެގެން ދިޔައީ އަހަރުގެ އެންމެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރެއިން ފިލްމަކަށެވެ. އެ ފިލްމުގައި ދައްކުވައިދޭ ހަގީގީ ކަންކަމަކީ ގޮންޖެހުންތަކުގެ ތެރެއިން އުއްމީދާއެކު މަސައްކަތް ކުރުމުން ކާމިޔާބު ލިބޭނެކަން އަންގައިދޭ ކަންކަމެވެ.
"ހޯމްބައުންޑް"ގައި ދައްކުވައިދެނީ އިންޑިއާގެ ފަގީރު އަވަށަކަށް ނިސްބަތްވާ ދެ ރަހުމަތްތެރިން އެ ގައުމުގެ ފުލުހުންގެ އިދާރާގެ ވަޒީފާ ހޯދަން ކުރާ މަސައްކަތެވެ. އެ މަސައްކަތްތަކުގެ ތެރެއިން އެ ދެމީހުންގެ އެކުވެރިކަން އިމްތިހާނު ކުރެވިގެންދެ އެވެ.
މި ފިލްމުގައި ފެނިގެންދާ ކަންކަމަކީ އިންޑިއާގެ އެތައް ބައެއްގެ އަޑު ކަމަށާއި އެއީ ސަރުކާރާއި އެހެނިހެން އިދާރާތަކަށް ވެސް ނުފެންނަ ކަންކަން ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.
ފިލްމު ރިލީޒް ކުރުމާއެކު ވެސް ބެލުންތެރިންނާއި ފާޑުކިޔުންތެރިންގެ ފަރާތުން "ހޯމްބައުންޑް"އަށް ލިބުނީ އޭ ރިޕޯޓެކެވެ. އެކްޓަރުންގެ އެކްޓިންގެ އިތުރުން ޓެކްނިކަލް ޓީމުގެ މަސައްކަތްތައް ވެސް އެ ފަރާތްތަކުން ފާހަަގަކުރި އެވެ.
އެއާއެކު އެތައް ފިލްމެއްގެ ތެރެއިން އަންނަ މާޗް މަހު ބާއްވާ އޮސްކާ އެކަޑަމީ އެވޯޑްސްއަށް އިންޑިއާގެ ރަސްމީ ހުށައެޅުމެއްގެ ގޮތުގައި އެ ފިލްމު ކަނޑައެޅިގެންދިޔަ އެވެ.
މީގެ ކުރިން ވެސް އިންޑިއާގެ ފިލްމުތަކެއް ވަނީ އޮސްކާ އެވޯޑްގައި ވިދާލާފަ އެވެ. އޭގެ ތެރޭގައި "ސްލަމްޑޯގް މިލިއަނާ"، "ލަގާން" އަދި "މަދާ އިންޑިއާ" ހިމެނެ އެވެ.
ޝައިހް މުހައްމަދު އިބްރާހީމްގެ ބޭސްފަރުވާއަށް ބޭނުންވަނީ އެހީ!
ސިންގަޕޯ އެއާލައިންގެ ހިދުމަތް އާ ޓާމިނަލްގައި ފަށައިފި
މޭކަޕް ކުރާއިރު ސަމާލުވާންޖެހޭ ދެތިން ކަމެއް!