އއ. މަތިވެރިން މިއަދު އެކަނި 63 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މަތިވެރީ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް ޖުމްލަ 82 މީހަކު އެރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މަތިރިން ފުރަތަމަ ފެނުނީ 10 ކޭސް އެވެ. އެއީ ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ހެދިބައެކެވެ.

އެ ކޭސްތައް ފެނުމާއެކު މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެރަށް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.

މި މަހުގެ ތެރޭގައި މަތިވެރިން އެހެން ރަށްރަށަށް ދަތުރުކޮށްފައިވާ މީހަކު ވާނަމަ އެކަން އެމީހަކު މިވަގުތު ދިރިއުޅޭ ރަށެއްގެ ސިއްހީ ޚިދުމަތްދޭ ތަނަކަށް އެންގުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.

މަތިވެރިން ހދ. ހަނިމާދުއަށް ދަތުރުކުރި ދެ މީހަކު ޕޮޒިޓިވްވެ އެރަށް ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

ފަހަކަށް އައިސް އަތޮޅު ތެރޭގެ ރަށްރަށުން ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފަ އެވެ.