ރިޓަޔާކުރާ ފަހުން މަގާމުތަކަށް އައްޔަންކުރާ މީހުންނަށް ވަޒީފާގެ މުއްދަތުގައި ރިޓަޔާމެންޓް އެލަވަންސް ކަނޑާލަން ރައީސް މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ރިޓަޔާކޮށްފައިވާ މީހުން އައްޔަންކުރުމުން، ހަރަދުތައް އިތުރުވާ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ފަރާތުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވީ، ރިޓަޔާކޮށްފައިވާ މީހުން އެފަދަ މަގާމުތަކަށް އައްޔަންކުރައްވަނީ އެއީ އަޚުލާގީ ގޮތުން ރަނގަޅު، ނަޒާހާތްތެރިކަން ހުރި، ހިންގުންތެރި، ގާބިލު ބޭފުޅުންނަށް ވުމުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މަގާމްތަކުގައި ތިއްބެވި ރިޓަޔާ ކުރެއްވި ބޭފުޅުންނަށް މަގާމުގައި ތިބޭ މުއްދަތުގައި އެލަވަންސް ނުދޭން މިހާރު އަންގަވައިފައިވާ ކަމަށެވެ. އަދި ސިވިލް ސާވިސް ކޮމިޝަނުން އެ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ސަރުކާރުގެ އަައްޔަންކުރާ މަގާމެއްގައި ރިޓަޔާޑް ބޭފުޅަކު އައްޔަންކޮށްފި ނަމަ ނޫނީ ރިޓަޔާޑް ބޭފުޅަކު އިންތިޚާބީ މަގާމަކަށް އިންތިޚާބުވެއްޖެ ނަމަ އެ މަގާމުގައި އެ ހޭދަ ކުރާ މުއްދަތުގެ ތެރޭގައި އެ ރިޓަޔާމެންޓަށް ލިބޭ އެލަވަންސް މެދުކެނޑޭ ގޮތަށް، އެހެންވީމަ ޑަބަލްކޮށް ނުލިބޭ ގޮތަށް ހެދުމަށް ވާނީ އަންގާފައި،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުން ކުންފުނިތަކަށް އައްޔަންކޮށްފައިވާ ބޭފުންގެ ތެރޭގައި ރިޓަޔާޑް ބޭފުޅުން ހިމެނެއެވެ. އޭގެތެރޭގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައުދީ އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާނާއި މިފްކޯގެ ސިއީއޯ ފަރުހަތު ޝަރީރާއި ފެނަކަގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ހިމެނެއެވެ.
ބީއެމްއެލް އިން ސްޕޯޓްސް ސްކޮލާޝިޕްގެ ފުރުސަތު ދެނީ
މަކަރާއި ހީލަތުގެ ތުހުމަތުތަކަށް ޝިލްޕާ ރައްދު ދީފި
ގައުމީ ޔުނިވާސިޓީއާއީ ދިރާގުން ސްޓްރެޓީޖިކް ޕާޓްނާޝިޕެއް
