ގިނަ ބަޔަކު ކެތްތެރިކަމެއް ނެތި އިންތިޒާރުކުރި ފިލްމެއް ކަމަށްވާ "އެވެޓާ:ފަޔާ އެންޑް އޭޝަސް"އަށް ބެލުންތެރިންގެ ފަރާތުން ފިނި ތަރުހީބެއް ލިބެމުން އެބަދެ އެވެ.
މަޝްހޫރު ފްރެންޗައިޒް "އެވެޓާ"ގެ އެންމެ ފަހުގެ ފިލްމު މިހާރު ސިނަމާގައި ދައްކަމުން ދާއިރު ހީކުރި ކަހަލަ ތަރުހީބެއް އެ ފިލްމަކަށް ނުލިބެ އެވެ.
އެގޮތުން ފިލްމު ރިލީޒް ކޮށްގެން ފާއިތުވީ އެންމެ ފުރަތަމަ ތިން ދުވަހުގެ ތެރޭގައި އެ ފިލްމަށް ލިބިފައިވަނީ އެންމެ 347 މިލިއަން ޑޮލަރުގެ އާމްދަނީ އެކެވެ.
އެއާއެކު އެ ފިލްމު އަންނަނީ ބޮކްސް އޮފީހުގެ ރޭހުގައި އެހެން ފިލްމުތަކާ ވާދަ ކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިލަމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި ފިލްމަށް ލިބެމުން އަންނަ ފިނި ތަރުހީބާއެކު އެ ފިލްމު ވެފައިވަނީ ޑައިރެކްޓަރު ޖޭމްސް ކެމަރޫންގެ ފިލްމުތަަކުގެ ތެރެއިން އެންމެ ފިނި ތަރުހީބެއް ލިބުނު އެއް ފިލްމަށެވެ.
އެވެޓާގެ ތިންވަނަ ފިލްމު ރިލީޒް ކުރެވިފައިވާއިރު ހަތަރުވަނަ ފިލްމާއި ފަސްވަނަ ފިލްމު ރިލީޒް ކުރަންު ހަމަޖެހިފައިވަނީ 2029 އާއި 2031ގަ އެވެ.
ސުތުރާތައް މިސްކިތްތަކުން ނަގަން އަންގަނީ
މާ ގިނައިން ވައިގެ އުނދަގޫތައް ކުރިމަތިވާނަމަ އެއީ ނުރައްކަލެއް!
ބެންކޮކަށް ފުރި މޯލްޑިވިއަންގެ ފްލައިޓެއް ލަންކާއަށް ގޮސްފި