ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފި އެވެ.
ދެ ބޭފުޅުންގެ ގުޅުން ގޯސްވިފަހުން ފުރަތަމަ ފަހަރަށް ބޭއްވި އެ ބައްދަލުވުން އޮތީ އެމްޑީޕީގެ އޮފީހުގަ އެވެ.
މިއަދު އެމްޑީޕީ އޮފީހުގައި އޮތް އެ ބައްދަލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ސޯލިހު ވިދާޅުވީ އެއީ ޕާޓީގެ އެތެރޭގެ ކަންކަމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން ނަޝީދު ވަކިއެއްޗެއް ބުނެފައެއްނުވެ އެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އެ ދެ ބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ ނުތަނަވަސްވުމަށްފަހު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ. ނަމަވެސް ފަހުން އެ ޕާޓީން ވަކިވެވަޑައިގެން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގެ ކެމްޕޭންގައި އެ ދެ ބޭފުޅުން ގުޅިގެން މަސައްކަތްތަކެއް ކުރަން އުޅޭކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.
ރަމަޟާން މަސް ނިމެންދެން ކުނި ނަގާ ގަޑިތަކަށް ބަދަލުތަކެއް
ޖަސްޓިންއާއި ސެލީނާގެ ލޯތްބަށް ނިމުން އައީ ކީއްވެ؟
އޮބާމާއަށް ފުރައްސާރަކޮށް ޓްރަމްޕް ކުރި ޕޯސްޓް ޑިލީޓް ކޮށްފި
