ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ރާއްޖޭގައި އެހެން ދީންތައް އޮންނަން ފެނޭތޯ ސާވޭއެއް ކުރިކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅާ ގުޅިގެން އެ ކޮމިޝަނުން ބަޔާނެއް ނެރެފި އެވެ.
ޕީއެންފުން ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވަރަށް ބޮޑަށް އެޗްއާރްސީއެމްއަށް ފާޑު ވިދާޅުވެ ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން އެފަދަ ސުވާލެއް އެޗްއާރްސީއެމްއިން ސާވޭގައި ހިމެނުމަކީ ރާއްޖޭގެ ޤާނޫނު އަސާސީއާއި އިސްލާމީ ޝަރީޢަތާ ޚިލާފު ސުވާލެއް ކަމަށާއި، އެފަދަ ސުވާލެއް ކޮށްގެން ނުވާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
އެކަމާއި ގުޅިގެން ރޭގެ ދަން ވަގުތެއްގައި އެޗްއާރްސީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވާ އެއްވެސް ދިރާސާއެއްގައި އިސްލާމްދީން ނޫން އެހެން ދީންތައް ރާއްޖޭގައި އޮންނަން ފެނޭތޯ ސުވާލެއް ހިމަނާފައި ނުވާނެ ކަމަށެވެ.
"މި ކޮމިޝަންގެ މަސައްކަތް ބިނާކުރެވި ހިނގަމުންދަނީ އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި، ގާނޫނުތަކާއި، ދިވެހިރާއްޖެއިން ސޮއިކޮށް އަމަލުކުރުމަށް ދިވެހި ދައުލަތުން އެއްބަސްވެ ގާރާރުވެފައިވާ މުއާހަދާތަކާ އެއްގޮތްވާގޮތުގެ މަތީންނެވެ." އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެޗްއާރްސީއެމްއިން އެކަން ދޮގު ކުރި ނަމަވެސް، އެ ކޮމިޝަނުން ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު ބެލުމަށް ދާދިފަހުން ހެދި ސާވޭއެއްގައި އެފަދަ ސުވާލެއް ހިމަނާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ނުރުހުންފާޅުކޮށްފައިކަން ފާހަގަކޮށްލެވެ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ހިލަމެއްނުވެ އޮތް އެ ކޮމިޝަނުން ވަނީ ފާއިތުވި ހަފްތާ ތެރޭގައި ކައިރި ކައިރީގައި ބަޔާންތަކެއް ނެރެފަ އެވެ. އެގޮތުން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ސުޖޫންއަށް ލައިވް ޓީވީގައި މީހަކު ފުރައްސާރަ ކުރުން ކުށްވެރިކޮށް އެކަން ހިނގިތާ ދެހަފްތާފަހުން ނެރުނު ބަޔާން ފާހަގަކޮށްލެވެ އެވެ.
ފަނޑިޔާރު ސުޖޫންގެ މައްސަލައިގައި ބަޔާން ނެރުނުއިރު، މި ސަރުކާރުގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ އަބުރުކަތިލައި، ގިނަ ތުހުމަތުތަކެއް ކޮށް ވާހަކަދައްކައި ފަނޑިޔާރުކަން ގެއްލުވާލިއިރު، އެޗްއާރްސީމްއެމްގެ ހިލަމެއް ނުވެ އެވެ.
"ގުޑް މޯނިންގް" ބުނެލާނީ ޚާއްސަ މީހުން
ހަނިމާދޫ އެއާޕޯޓަށް ފުރަތަމަ ފަހަރަށް ކޮމާޝަލް ޖެޓެއް ޖައްސައިފި
"ދްރިޝްޔަމް 3" ދޫކޮށްލުމުން ޕްރޮޑިއުސަރު ރުޅިގަދަވެއްޖެ