ފްރާންސްގެ މީހަކު ކަރަންޓު ރެކެޓަކުން މެއްސެއް މަރަން އުޅުމުގެ ތެރޭގައި ގޭގެ ބައެއް ގޮއްވާލައިފި އެވެ.
އުމުރުން 80 އަހަރުގެ އެމީހާ ކާން އިންދާ ގެއަށް މެއްސެއް ވަދެ ކަންފަތް ކައިރީގައި އުނދުހެން ފެށުމުން އުނދަގޫވެގެން ކަރަންޓު ރެކެޓު ހިފައިގެން އޭގެ ފަހަތުން ދުވީ އެވެ. އެއިރު ކައްކާ ގޭސްފުޅިން ގޭސް ލީކުވެފައި ހުރިކަމެއް އޭނާއަކަށް ނޭނގެ އެވެ. އަދި މީގެ ސަބަބުން ކަރަންޓު ރެކެޓާއެކު ހިނގި ރިއެކްޝަންއެއްގައި ބަދިގޭގެ އެއްބައިގައި ގޮވުމެއް ގޮވައި ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.
މި ހާދިސާގައި ގޭގެ ފުރާޅަށް ވެސް އެކި ވަރުގެ ގެއްލުން ވެފައިވާ އިރު، އެ މީހާގެ އަތް ފިހުން ފިޔަވާ އިތުރުކަމެއް ނުވެ ސަލާމަތްވި އެވެ.
އެ ގެ މަރާމާތުކުރުމުގެ މަސައްކަތް އެ މީހާގެ އާއިލާއިން މިހާރު ކުރިއަށް ގެންދާއިރު، މި ހާދިސާ ހިނގަން މެދުވެރިވި މެއްސަށް ފަހުން ވީ ގޮތެއް ނޭނގެ އެވެ.
 އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
			އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
		 މާލެއިން ހިލޭ ގޯތި ދިނުމުން މެންބަރު ހުސެންބެގެ ކަންބޮޑުވުން
			މާލެއިން ހިލޭ ގޯތި ދިނުމުން މެންބަރު ހުސެންބެގެ ކަންބޮޑުވުން
		 ރަނގަޅަށް ނުނިދާތާ ހަތް މަސް ވެއްޖެ: މޭގަން
			ރަނގަޅަށް ނުނިދާތާ ހަތް މަސް ވެއްޖެ: މޭގަން
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					