މަޝްހޫރު ދިވެހި ފިލްމީ ތަރި އަދި ޑިރެކްޓަރު އަހުމަދު ނިމާލަށް ސްޓްރޯކެއް ޖެހި، އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
މިހާރުވެސް ފިލްމީ ދާއިރާގައި ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ނިމާލްގެ ހާލު ވަރަށް ސީރިއަސްކަމަށް "ހުރިހާ" އަށް ވަނީ އެނގިފަ އެވެ.
އުމުރުން 62 އަހަރުގެ ނިމާލަށް ސްޓްރޯކެއް ޖެހުނީ މާލޭގައި ސައިކަލް ދުއްވާފައި ދަނިކޮށެވެ. ސްޓްރޯކް ޖެހުމާއެކު ސައިކަލު މަޑުކުރި ވަގުތު ބިންމައްޗަށް ވެއްޓުނުކަން އެނގިފައިވެ އެވެ.
ނިމާލަކީ 1980ގެ އަހަރުތަކުން ފެށިގެން ދިވެހި ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރަމުން އަންނަ މަގުބޫލް މޮޅު އެކްޓަރެއްގެ އިތުރުން ގިނަ ފިލްމް ތަކެއް ޑައިރެޓްކޮށްފައިވާ ޑިރެކްޓަރެކެވެ.
އޭނާ ޑައިރެކްޓުކޮށްފައިވާ ފިލްމުތަކުގެ ތެރެއިން ޒަލްޒަލާ، ވާލޯބި އެނގޭނަމަ، ޚަލާސް ފަދަ ފިލްމް ފާހަގަކޮށްލެވެ އެވެ.
ދިވެހީންގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބިފައިވާ ވަރުގަދަ ފިލްމުތަކެއްގެ ލީޑް ރޯލުތަކުންވެސް ނިމާލް ވަނީ ވަރަށް ގިނައިން ފެނިފައިވެ އެވެ. އެގޮތުން އޭނާ އެކްޓުކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކަކީ، ވީރާނާ، ނިއުމާ، މިހަށިން ފުރާނަ ދާންދެން، ނޭނގި ޔާރު ވަކިވީ ފަދަ މަގުބޫލު ފިލްމުތަކެވެ.
މި ފަހުން ރިލީޒް ކުރި ގިނަ ފިލްމްތަކުންވެސް ނިމާލް ފެނިގެން ގޮސްފައިވެ އެވެ. އެގޮތުން 'ކަނބުލޮ' ، 'ލިލީ' އަދި 'އަލްވަދާއު'ގެ އިތުރުން 'އިލްޒާމް' ގައިވެސް ނިމާލް ވަނީ މުހިއްމު ރޯލްތަކެއް ކުޅެފަ އެވެ.
ފިލްމީ ދާއިރާ އަށް ނިމާލް ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް އޭނާއަށް 1991 ވަނަ އަހަރު ހިތްވަރުދިނުމުގެ ގައުމީ އިނާމު ވެސް ލިބިފައިވެ އެވެ.
އާ އަހަރަށް ކަނޑައަޅާ އަމާޒުތައް ނުދެމެހެއްޓެނީ ކީއްވެ؟
ސުޝްމިތާ ކައިވެނި ނުކޮށް ހުރި ސަބަބު!
އާ ޓާމިނަލަށް ހުރިހާ އެއާލައިނެއް ބަދަލުކޮށްފި